މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
އެން.ޖީ.އައި.އެސް ސަރވަރ މެއިންޓެއިންކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި އޮތޯރިޓީގައި ބޭނުންކުރަމުން އަންނަ އެން.ޖީ.އައި.އެސް ސަރވަރ 01 އަހަރުދުވަހަށް މެއިންޓެއިންކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެގެން 2016 އޮގަސްޓު 8 ވަނަ ދުވަހު ކުރެވުނު ނަންބަރު (IUL)431-AHP/1/2016/11 އިޢުލާނާ ގުޅިގެން އަގު ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، މިކަމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތަށް ކަނޑައެޅިފައިވާ ޝަރުޠުތައް ބަޔާންކޮށްފައިވާ "ޓާރމްސް އޮފް ރެފަރެންސް" މިއޮތޯރިޓީގެ ވެބްސައިޓް www.surveyofmaldives.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

ވީމާ, މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 29 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 1 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4264-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

19 ޛުލްޤަޢިދާ 1437

22 އޮގަސްޓް 2016
ހޯދާ