ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންޓަރނެޓްގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން

2016 ވަނަ އަހަރު ނައިފަރު ކައުންސިލް އިދާރާއަށް އިންޓަރނެޓުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން

2016 ވަނަ އަހަރު ނައިފަރު ކައުންސިލް އިދާރާއަށް އިންޓަރނެޓުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި ކޮންޓްރެކްޓާމެދު ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ބިޑް ބައްލަވައިގެން، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ޕްރީބިޑް މީޓިންގ

2016 އޮގަސްޓު 18 ވަނަ ދުވަހުގެ 13:30 ގައި ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާގައި.

ބިޑް އޯޕަން މީޓިންގ

2016 އޮގަސްޓު 21 ވަނަ ދުވަހުގެ 13:30 ގައި ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާގައި.

ޕްރީބިޑް ޑޮކިޔުމެންޓް ވިއްކާ އަގަކީ -/15ރ އެވެ. ބިޑް ޑޮކިޔުމެންޓް ވިއްކުމަށް ހަމަޖެހިފައިވަނީ 2016 އޮގަސްޓު 18 ވަނަ ދުވަހާ ހަމައަށް ބަންދު ނޫން ދުވަސްދުވަހުގެ 09:30 އިން 12:15 އާ ދެމެދު، ނައިފަރު ކައުންސިލްގެ އިދާރާއިންނެވެ. 

02 އޮގަސްޓް 2016
ހޯދާ