މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
3 އެޑްމިނިސްޓްރޭޓިވް އޮފިސަރުން

މި މިނިސްޓްރީއަށް، ތިރީގައިމިވާ ތިން މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

01. މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ނަންބަރު:

136118

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މުސާރައާއި ޢިނާޔަތްތައް

މުސާރަ:

މަހަކު -/4,465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1,500 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި، ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނާއި، ވަޒީފާ އަދާކުރަންޖެހޭ ތަން

މަޤާމު އޮތް އޮފީހުގެ ނަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް:

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަން / މިނިސްޓަރސް ބިއުރޯ އެންޑް އެޑްމިނިސްޓްރޭޓިވް ސަޕޯޓް ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1. އޮފީހުގެ މެއިންޓެނަންސް އާއި ޢާންމު ސާފުތާހިރުކަން ބެލެހެއްޓުމުގެ ގޮތުން މިނިސްޓްރީގެ މައި އިމާރާތާއި، ވެލާނާގޭގެ 11 ވަނަ އަދި 4 ވަނަ ފަންގިފިލާގައި ހުންނަ އޮފީހުގެ ހުރިހާ ތަނެއް ބަލައި، ހުރި މައްސަލަތައް ނޯޓުކޮށް ސުޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެ ދަށުން މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  2. ކައުންޓަރު އޭރިޔާގެ ސާފުކަން ކަށަވަރުކޮށް، ކޮމްޕިއުޓަރ ސިސްޓަމްތަކާއި، ކިޔު ސިސްޓަމް އަދި ޕްރިންޓިންގ ރަނގަޅުތޯ ކަށަވަރުކޮށް އަދި މިއިން އެއްވެސް ކަމެއްގައި މައްސަލައެއް އުޅޭނަމަ ސުޕަވައިޒަރުގެ ސަމާލުކަމަށްގެނެސް އެ ކަމެއް ހައްލުކުރުން.
  3. އޮފީހުގެ މަސައްކަތްތަކަށް ގަންނަ ހަރުމުދާ (ޕްރިންޓަރ/ފޮޓޯކޮޕީމެޝިން، އޭސީ ފަދަ ތަކެތި) ގިނަދުވަހަށް ދެމެހެއްޓުމަށްޓަކައި މިތަކެތި ދެމެހެއްޓެނިވި ގޮތެއްގައި ސަރވިސް ކުރުވުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން
  4. ޚިދުމަތާއި މުދާ ގަންނަން އެދޭ ފޯމުން ވިޔަސް އަދި ކޮންޓެކްޓަކުން ވިޔަސް ވަކިފަރާތަކާ މަސައްކަތް ހަވާލުކުރެވުމާއެކު އެ މަސައްކަތް ލަސްނުވެ ކުރިއަށް ގެންދިއުމާއި މަސައްކަތް ހިނގާވަގުތު ސުޕަވައިޒްކޮށް ކަމާގުޅޭ ލިޔެކިޔުންތައް ގަވާއިދުން ފައިލުކުރުން.
  5. މިނިސްޓަރ ނުވަތަ އެނޫންވެސް ބޭފުޅަކު ރިސީވްކުރުމަށް ނުވަތަ ފުރުވުމަށް އެއަރޕޯޓަށް ދާންޖެހޭ ހާލަތްތަކުގައި އެއަރޕޯޓަށް ދިއުމާއި، ފުރުވުމާއި، ރިސީވްކުރުމުގެ އިންތިޒާމު ހަމަޖެއްސުން.
  6. އޮފީހުގައި ހިންގާ އަދި ބާއްވާ މުހިންމު ޙަރަކާތްތަކާއި ޙަފުލާތަކުގެ ލޮޖިސްޓިކްސް މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ އެހީތެރިކަން ދިނުން
  7. ހަވާލުކުރެވޭ ހުރިހާ މަސައްކަތްތަކާގުޅޭ ލިޔެކިޔުންތައް ގަވާއިދުން ފައިލްކުރުން.
  8. ޔުނިޓުން ޖަވާބުދޭންޖެހޭ އަދި ފޮނުވަންޖެހޭ މެމޯއާއި ސިޓީފަދަ ލިޔުންތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ތައްޔާރުކޮށް ފޮނުވުން
  9. ސެކްޝަން/ޑިވިޜަން/ޑިޕާޓްމަންޓުގެ އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމާއި، ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިއްސާކުރުމާއި، މިނިސްޓްރީގެ ފަރާތުން ރާވައި ހިންގައި އެހެނިހެން ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ހަވާލުކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް

އަސާސީ ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

02. މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމު ނަމްބަރު

110735

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް

ޖީ.އެސް 3

މުސާރައާއި ޢިނާޔަތްތައް

މުސާރަ:

މަހަކު -/4,465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1,500 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި، ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނާއި، ވަޒީފާ އަދާކުރަންޖެހޭ ތަން

މަޤާމު އޮތް އޮފީހުގެ ނަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް:

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަން / ފައިނޭންސް އެންޑް ޕްރޮކިއުމަންޓް ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1. މިނިސްޓްރީގެ ޕްރޮކިއުމަންޓްގެ އެންމެހާ މަސައްކަތްތައް މާލިއްޔަތު ގަވާއިދުގައިވާގޮތަށް ކުރުން. އަދި ޕްރޮކިއުމަންޓުގެ އެންމެހައި މުޢާމަލާތްތަކެއް ރެކޯޑުކޮށް ބެލެހެއްޓުން.
  2. -/25000 ރުފިޔާއަށްވުރެ ދަށުގެ ޕްރޮކިއުމަންޓުގެ މަސައްކަތްތައް ގެންދިއުމުގައި ރިކުއެސްޓް ބަލައިގަތުމާއި، ރިކުއެސްޓްގައިވާ ތަކެއްޗަށް މަދުވެގެން 3 ކޯޓޭޝަން ހޯދުމާއި، 3 ކޯޓޭޝަން ނުލިބޭނަމަ ސަބަބު ބަޔާންކޮށް ލިޔުމެއް ތައްޔާރުކުރުމާއި، ޕަރޗޭސް އޯރޑަރ ހެދުމާއި، ތަކެތި ލިބުމުން ތަކެއްޗާ ހަވާލުވުމާއި، އެއްޗެހި ހަމަތޯ ޗެކްކުރުމާއި، ތަކެތި ހަމަކޮށް ސްޓޮކާ ހަވާލުކުރުން.
  3. -/25000 ރުފިޔާއަށްވުރެ ދަށުގެ ޕްރޮކިއުމަންޓުގެ މަސައްކަތްތައް ގެންދިއުމުގައި އިޢުލާނުތަކާއި މަޢުލޫމާތު ކަރުދާސްތައް ޗެކުކުރުމާއި، އިޢުލާނުކުރުމުގެ ހުއްދަދިނުމާއި، ބިޑުތަކުގެ މަޢުލޫމާތު ސެޝަންތަކަށް ހުށަހަޅައި ސެޝަންތައް ބޭއްވުމާއި، މަޢުލޫމާތު ސެޝަންތަކުގެ ޔައުމިއްޔާތައް ބެލެހެއްޓުމާއި، ބިޑް ބަލައިގަންނަ ލިޔުންތައް ތައްޔާރުކޮށް ބިޑުތައް ބަލައިގަތުމާއި، ބިޑުތަކުގެ އިވެލުއޭޝަން ނިމުމަށްފަހު ޓެންޑަރ ކޮމިޓީން އެވޯޑްކުރުމުން ބިޑް ކާމިޔާބުކުރި ފަރާތާއެކު ކޮންޓްރެކްޓްކުރުމުގެ ކަންތައް ކުރުން.
  4. ޕަރޗޭސް އޯޑަރުގެ ރަޖިސްޓަރީ ބެލެހެއްޓުން
  5. އިންވޮއިސް ލިބުމުން ހުރިހާ ޑޮކިއުމަންޓްތައް ތައްޔާރުކޮށް ޕޭމަންޓް ހަދަން ހަވާލުކުރުން
  6. މިނިސްޓްރީގެ އިންވެންޓްރީ ބެލެހެއްޓުމާއި، އެސެޓް ނަންބަރުތައް ހޯދައި އެސެޓްތަކަށް އިންވެންޓްރީ ނަންބަރު ތައްޔާރުކުރުމާއި، ރިކޯޑުކޮށް ބެލެއްހެއްޓުމާއި، އިންވެންޓްރީއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކަނޑައަޅާފައިވާ އެސް.އޯ.ޕީ އާ އެއްގޮތަށް ކުރުން.
  7. އިންވެންޓްރީން ނެގޭ ހުރިހާ ތަކެތީގެ ރަޖިސްޓަރީ ބެލެހެއްޓުން
  8. ޕޭމަންޓްތަކުގެ ސްޓޭޓަސް ބަލައި، އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި، ޕޭމަންޓްތައް ލަސްވެގެން އަންނަ ސިޓީތަކަށް ޖަވާބުދިނުން
  9. ސެކްޝަން/ޑިވިޜަން/ޑިޕާޓްމަންޓުގެ އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމާއި، ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިއްސާކުރުމާއި، މިނިސްޓްރީގެ ފަރާތުން ރާވައި ހިންގައި އެހެނިހެން ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ހަވާލު ކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް

އަސާސީ ޝަރުޠު:

  1. ފައިނޭންސް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/އެކައުންޓިންގ/ބިޒްނަސް މެނޭޖްމަންޓް/ބިޒްނަސް/އިކޮނޮމިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ފައިނޭންސް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/އެކައުންޓިންގ/ބިޒްނަސް މެނޭޖްމަންޓް/ބިޒްނަސް/އިކޮނޮމިކްސްގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

03. މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ނަންބަރު:

110736

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް

ޖީ.އެސް 3

މުސާރައާއި ޢިނާޔަތްތައް

 

މުސާރަ:

މަހަކު -/4,465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1,500 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި، ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނާއި، ވަޒީފާ އަދާކުރަންޖެހޭ ތަން

މަޤާމު އޮތް އޮފީހުގެ ނަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް:

ބިޒްނަސް ރެޖިސްޓްރޭޝަން ސެކްޝަން / އަދަރ ޕަރމިޓްސް އެންޑް ބިޒްނަސް ސަރވިސް ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1. ރަޖިސްޓަރީކުރެވިފައިވާ ވިޔަފާރިތަކާގުޅޭ މަޢުލޫމާތު ހޯދުމަށް ސަރުކާރު އޮފީސްތަކުން އަދި ވިޔަފާރިތަކުން ލިބޭ ސިޓީތަކަށް ޖަވާބުދިނުން
  2. ރަޖިސްޓަރީކުރެވޭ ވިޔަފާރިތަކާގުޅޭ މަޢުލޫމާތު ހޯދުމަށް ބޭންކާއި، ލޯފާމާއި، ކުންފުނި އަދި އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީތަކަށް ޑިއުޑެލިޖެންސް ހެދުން
  3. ކެންސަލްކުރުމަށް ހުށަހެޅޭ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް ކެންސަލްކުރުމާއި، ވިޔަފާރި ދަފްތަރު އަޕްޑޭޓްކޮށް ބެލެހެއްޓުން
  4. ކެންސަލްކުރުމަށް ހުށަހެޅޭ ވިޔަފާރީގެ ނަން ކެންސަލްކުރުމާއި، ވިޔަފާރި ދަފްތަރު އަޕްޑޭޓްކޮށް ބެލެހެއްޓުން
  5. ރަޖިސްޓަރީކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ މަޤްޞަދުތައް އުނިކޮށް އިތުރުކުރުމަށް ހުށަހެޅޭ ހުށަހެޅުންތައް ބަލައިގަނެ ކަނޑައެޅިފައިވާ އުސޫލުން އެ މަސައްކަތްކުރުން. 
  6. ރާއްޖޭގައި ބޭއްވޭ ނައިޓް މާރކެޓް، ސޭލްސް އަދި ފެއަރފަދަ ކަންކަން ބޭއްވުމަށާއި ހުށަހެޅޭ ހުށަހެޅުންތަކަށް، އޮންނަ އުސޫލެއްގެ ދަށުން ޖަވާބުދިނުން.
  7. ވިޔަފާރި ރަޖިސްޓަރީކުރުމަށް ބޭނުންކުރާ ބިޒްނަސް ޕޯޓަލް އަޕްޑޭޓްކޮށް ލިޔެކިޔުންތައް ބެލެހެއްޓުން
  8. ފައިލްކުރަންޖެހޭ ލިޔެކިޔުންތައް ގަވާއިދުން ފައިލްކޮށް ބެލެހެއްޓުން.
  9. ސެކްޝަން/ޑިވިޜަން/ޑިޕާޓްމަންޓުގެ އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމާއި، ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިއްސާކުރުމާއި، މިނިސްޓްރީގެ ފަރާތުން ރާވައި ހިންގައި އެހެނިހެން ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ހަވާލު ކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް

އަސާސީ ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ބިޒްނަސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ބިޒްނަސްގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި، ޕްރެޒެންޓޭޝަނާއި، ޕްރެކްޓިކަލްސްއާއި އިމްތިޙާން ބާއްވާނެ ތާރީޚާއި ތަން

އިންޓަރވިއު ކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައެވެ.

- މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ، މި މަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚުން ފެށިގެން 1 ހަފުތާގެ ތެރޭގައި ނުވަތަ 2 ހަފުތާގެ ތެރޭގައެވެ.

- އިންޓަރވިއުއަށް ކިޔަނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

- އިންޓަރވިއުގެ އިތުރުން، ޕްރެޒެންޓޭޝަނެއް ނުވަތަ ޕްރެކްޓިކަލްއެއް ނުވަތަ އިމްތިޙާނެއް ދޭގޮތަށް ހަމަޖެހިފައިވާ ވަޒީފާއެއްނަމަ، އެކަމާ ގުޅޭ މަޢުލޫމާތު އިންޓަރވިއުއަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު، ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކުރުމަށްފަހު، 2016 އޮގަސްޓު 15 ވާ ހޯމަދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުން ނުވަތަ [email protected] އަށް މެއިލްކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ޕާސްޕޯޓް ސައިޒްގެ ފޮޓޯއެއް ތަތްކޮށްފައި)

- ސިވިލް ސަރވިސް ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)

- އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

- ދައުލަތް ނުވަތަ ސިވިލް ސަރވިސްގެ ވަޒީފާއަކުން ވަކިވެފައިވާނަމަ، ވަކިކުރިކަމުގެ ލިޔުމުގެ ކޮޕީ.

- އެހެން އޮފީހެއްގައި ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ފަރާތެއްނަމަ، އެ އޮފީހެއްގައި މަސައްކަތްކުރާކަން ނުވަތަ ކުރިކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

އިތުރު މަޢުލޫމާތު:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނސްޓްރީގެ ކައުންޓަރުން، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ www.trade.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

- މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި މިނިސްޓްރީގެ 3333174 ނަންބަރު ފޯނާ ގުޅުމުން ނުވަތަ [email protected] އަށް އީމެއިލްކުރުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

01 އޮގަސްޓް 2016
ހޯދާ