އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ވޯޓުފޮށީގެ ސަރަޙައްދު ބަދަލުކުރުން

މި ކޮމިޝަނުގެ ނަންބަރު A)CA-2013/269)ފ(26 ޖޫން 2013) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.

ވޯޓުފޮށީގެ ސަރަޙައްދު ބަދަލުކުރުން

2013 ސެޕްޓެންބަރު 07 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސި އިންތިޚާބުގައި މާލޭ ސިޓީގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ އައްޑޫސިޓީގެ ރައްޔިތުން، ވޯޓުލުމަށް ހަމަޖެހިފައިވާ ބައެއް ވޯޓުފޮށިތަކުގެ ވޯޓުލާ ސަރަޙައްދަށް މިދަންނަވާގޮތަށް ވަނީ ބަދަލު ގެނެވިފައެވެ. މިގޮތުން ބަދަލު ގެނެވުނު ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދާއި، ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މި ދަންނަވަނީއެވެ.

#

ވޯޓުފޮށީގެ ނަންބަރު

ވޯޓުފޮށީގެ ނަން

ވޯޓުލާ ސަރަޙައްދު

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

1

ST.0.4

އައްޑޫ ސިޓީ، މާލެ- 4

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ސ. މަރަދޫ، މަރަދޫފޭދޫ މި 2 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ.

މާލެ،

މަޖީދިއްޔާ ސްކޫލް
މެދުޒިޔާރަތްމަގު ދޮރޯށިން ވަންނައިރު އުތުރުފަރާތު 2 ނަންބަރު ކްލާސްރޫމުގައި

2

ST.0.5

އައްޑޫ ސިޓީ، މާލެ- 5

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި އައްޑުއަތޮޅު ހިތަދޫ ޒިޔާރަތްމަގުގެ ހުޅަނގު ފަރާތުން ފެށިގެން އިރަށް، ޣާޒީމަގުން ދެކުނަށް، ފެއަރލިން ހިނގުމުން އިރަށް، ފިޔާތޮށިމަގުން އުތުރަށް، ޒިޔާރަތްމަގުން އިރަށް ގޮސް ނިމޭ ހިސާބުން (މި މަގުތަކުގެ) ދެކުނުފަރާތާއި، ފެންފިޔާޒުމަގުގެ ހުޅަނގުފަރާތުން ފެށިގެން އިރަށް، ސޯސަންގެމަގުން ދެކުނަށް، އާޒާދީމަގުން އިރަށް، ޝަމްސުއްދީންމަގުން ދެކުނަށް، ލިލީމަގުން އިރަށް ގޮސް ނިމޭ ހިސާބުން (މި މަގުތަކުގެ) އުތުރުފަރާތާ ދެމެދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންގެ ތެރެއިން ފޮށްޓަށް ވޯޓުލުމަށްޓަކައި އައްޑޫސިޓީ، މާލެ-4   (ST.0.4) ނަންބަރު ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ.

މާލެ،

މަޖީދިއްޔާ ސްކޫލް
މެދުޒިޔާރަތްމަގު ދޮރޯށިން ވަންނައިރު އުތުރުފަރާތު 3 ނަންބަރު ކްލާސްރޫމުގައި

3

ST.0.6

އައްޑޫ ސިޓީ، މާލެ- 6

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި އައްޑުއަތޮޅު ހިތަދޫ ފެންފިޔާޒުމަގުގެ ހުޅަނގު ފަރާތުން ފެށިގެން އިރަށް، ސޯސަންގެމަގުން ދެކުނަށް، އާޒާދީމަގުން އިރަށް، ޝަމްސުއްދީންމަގުން ދެކުނަށް، ލިލީމަގުން އިރަށް ގޮސް ނިމޭ ހިސާބުން (މި މަގުތަކުގެ) ދެކުނުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ.

މާލެ،

މަޖީދިއްޔާ ސްކޫލް
މެދުޒިޔާރަތްމަގު ދޮރޯށިން ވަންނައިރު އުތުރުފަރާތު 4 ނަންބަރު ކްލާސްރޫމުގައި

4

ST.0.7

އައްޑޫ ސިޓީ، މާލެ- 7

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި އައްޑުއަތޮޅު ހިތަދޫ ޒިޔާރަތްމަގުގެ ހުޅަނގު ފަރާތުން ފެށިގެން އިރަށް، ޣާޒީމަގުން ދެކުނަށް، ފެއަރލިންހިނގުމުން އިރަށް، ފިޔާތޮށިމަގުން އުތުރަށް، ޒިޔާރަތްމަގުން އިރަށް ގޮސް ނިމޭ ހިސާބުން (މިމަގުތަކުގެ) އުތުރުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ.

މާލެ،

މަޖީދިއްޔާ ސްކޫލް
މެދުޒިޔާރަތްމަގު ދޮރޯށިން ވަންނައިރު އުތުރުފަރާތު 5 ނަންބަރު ކްލާސްރޫމުގައި

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

12 ޝައްވާލް 1434

19 އޮގަސްޓް 2013
ހޯދާ