ހިރިމަރަދޫ ސުކޫލް، ހދ. ހިރިމަރަދޫ
ދިވެހިރާއްޖެ
ފެނުގެ ނިޒާމު ޤާއިމު ކޮށްދޭނެ ފަރާތެއް ހޯދުމަށް

ހދ. ހިރިމަރަދޫ ސްކޫލުގައި އަމިއްލަ ތަކެތީގައި ފެނުގެ ނިޒާމު ޤާއިމު ކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި ކުރި އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރަން ދުރުވެފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، ހަތަރުވަނަ ފަހަރަށް އެފުރުޞަތު ހުޅުވާލަމެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

- މިހާރު ހުރި ތާނގީތަކުގެ ބުޑު ނަގައި ތަން ސާފުކުރުން.

- 3 ހަން ބެހެއްޓުމަށްޓަކައި ބުޑު އަޅައި މަތި ހިޔާކުރުން.

- ފެންވައިރު ކުރުމާއި ފެން ނެގުމަށް ދިޔަދޮތްވާ ގުޅާލުން.

- ފެންބުއިމަށް ކޫލަރު އަދި އިސްކުރުބަރި ހަރުކޮށް މަތި ހިޔާރުކުރުން.              

ވީމާ، މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ހިރިމަރަދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން ހިރިމަރަދޫ ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

25 ޖުލައި 2016 (ބުރާސްފަތި) ދުވަހުގެ 14:00 އަށް

03 އޮގަސްޓު 2016 (ބުދަ) ދުވަހުގެ 14:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 08:00 އިން 14:00 އަށް 6520536 ، 9839886 ނަންބަރު ފޯނާއެވެ.

މި މަސައްކަތަށް ބީލަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

13 ޖުލައި 2016
ހޯދާ