ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެންޓީނު ހިންގުމަށް

އިޢުލާން

އެޓޯލް އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތާ ގުޅޭ:

2016 ޖުލައި 20 އިން 24 އަށް ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މައިލޯ 20 ވަނަ އެޓޯލް އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތް ކުރިއަށްދާ ވަގުތު، މުބާރާތުގެ ބައިވެރިންނާއި ކުޅިވަރު ބައްލަވަން ވަޑައިގަންނަވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ފުވައްމުލަކު ސްޓޭޑިއަމްގެ ތެރޭގައި ކެންޓީނު ހިންގުމުގެ ފުރުޞަތު 2 ފަރާތަކަށް ދޭގޮތަށް ވަނީ ހުޅުވާލެވިފައެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖުލައި 10 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ހޯއްދެވުމަށްފަހު، 2016 ޖުލައި 11 ވާ ހޯމަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން ލިޔުމަކުން އަގު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސެޝަންގައި ބައިވެރިނުވާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ.

21 ރަމަޟާން 1437

26 ޖޫން 2016
ހޯދާ