އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަން ބަދަލުކުރުން

މި ކޮމިޝަނުގެ ނަންބަރު (A)CA-2013/417 (13 އޯގަސްޓް 2013) އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.

2013 ސެޕްޓެމްބަރ 07 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސި އިންތިޚާބުގައި ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގައި ބަހައްޓާ ވޯޓުފޮށި ބެހެއްޓުމަށް މިހާރު ހަމަޖެހިފައިވަނީ ޗިއާސް ސަރަޙައްދު ގައެވެ. އެހެންކަމުން މިދެންނެވި ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަހައްދާއި، ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މި ދަންނަވަނީއެވެ.

 

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

ވޯޓުލާ ސަރަހައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

#

ވަން އެންޑް އޮންލީ ރީތިރަށުގެ ޗިއާސް ސަރަޙައްދުގައި

މި ފޮށްޓަށް ވޯޓުލާނީ ވަން އެންޑް އޮންލީ ރީތި ރަށުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ވަން އެންޑް އޮންލީ ރީތިރަށް

(ކ. މެދުފިނޮޅު)

Z22.1.1

1      

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢްލާނު ކުރީމެވެ.

7 ޝައްވާލް  1434

14 އޮގަސްޓް 2013
ހޯދާ