އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ޞިނާޢީ މަސައްކަތް ކުރާ ތަންތަން - ރިޔާސީ އިންތިޚާބު 2013

މި ކޮމިޝަނުގެ ނަންބަރު: A)CA-2013/252)ފ(23 ޖޫން 2013) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.

2013 ސެޕްޓެންބަރު 7 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓުފޮށި ބެހެއްޓުމަށް އިޢުލާނުކޮށްފައިވާ ޞިނާޢީ މަސައްކަތް ކުރާ 5 ތަނުގެ ތެރެއިން މި ކޮމިޝަނުން ކަނޑައަޅާފައިވާ އަދަދަށް (މަދުވެގެން 50 މީހުން) އެ ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވަނީ 4 ތަނެއްގައެވެ.

ވީމާ، ޞިނާޢީ މަސައްކަތްކުރާ ތަންތަނުގެ ތެރެއިން ވޯޓުފޮށި ބަހައްޓާގޮތަށް ނިންމާފައިވާ 4 ތަނުގައި ބަހައްޓާ ވޯޓުފޮށީގެ މަޢުލޫމާތު މިދަންނަވަނީއެވެ.

 #

ވޯޓުފޮށީގެ ނަން

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

ވޯޓުލާ ސަރަޙައްދު

ވޯޓުފޮށީގެ ނަންބަރު

 

V01.1.1

 

ތިލަފުށި -1

މި ފޮށްޓަށް ވޯޓުލާނީ ތިލަފުށީގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

 ކ. ތިލަފުށި

ސެކްޓަރ 3 ގެ ޕްލޮޓް ނަންބަރ

S3041 (M9)

2

 

V03.1.1

 

ކޫއްޑޫ-1

މި ފޮށްޓަށް ވޯޓުލާނީ ކޫއްޑޫ ގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

 ގއ. ކޫއްޑޫ

ކޯލްޑް ސްޓޯރ އޭރިއަރ

3

 

V04.1.1

 

ގަން-1

މި ފޮށްޓަށް ވޯޓުލާނީ އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

 އައްޑޫ ސިޓީ، ގަން

ޒުވާނުންގެ މަރުކަޒު

 4

V05.1.1

ހުޅުލެ-1

މި ފޮށްޓަށް ވޯޓުލާނީ އިބްރާހިމް ނާޞިރް އިންޓަރނޭޝަނަލް އެއަރޕޯޓުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

 ހުޅުލެ

އެއަރޕޯޓް ރިކްރިއޭޝަން ސެންޓަރ (އޭ.އާރް.ސީ)

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

6  ޝައްވާލް  1434

13 އޮގަސްޓް 2013
ހޯދާ