އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަން ބަދަލުކުރުން

      މި ކޮމިޝަނުގެ ނަންބަރު (A)CA-2013/242 (24 ޖޫން 2013) އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.

2013 ސެޕްޓެމްބަރ 07 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސި އިންތިޚާބުގައި އައްޑޫ ސިޓީގެ މަރަދޫފޭދޫގައި ބަހައްޓާ 2 ނަންބަރު ވޯޓުފޮށި ބެހެއްޓުމަށް މިހާރު ހަމަޖެހިފައިވަނީ އައްޑޫ ސިޓީ، މަރަދޫފޭދޫ ސިއްހީ މަރުކަޒު ގައެވެ. އެހެންކަމުން މިދެންނެވި ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަހައްދާއި، ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މި ދަންނަވަނީއެވެ.

 

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

ވޯޓުލާ ސަރަހައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

#

އައްޑޫ ސިޓީ، މަރަދުފޭދޫ

ސިއްހީ މަރުކަޒު

މި ފޮށްޓަށް ވޯޓުލާނީ މަރަދޫފޭދޫ ފަރިވާމަގުގެ އިރު ދެކުނުގައިވާ ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.

އައްޑޫ، މަރަދޫފޭދޫ - 2

S03.1.2

1      

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢްލާނު ކުރީމެވެ.

6 ޝައްވާލް  1434

13 އޮގަސްޓް 2013
ހޯދާ