ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ކޮމިޝަންތަކަށް މެމްބަރުން އިންތިޚާބު ކުރުން

އިޢުލާން

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ކޮމިޝަންތަކަށް މެމްބަރުން އިންތިޚާބު ކުރުން

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ތިރީގައި މިދަންނަވާ ކޮމިޝަންތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބު 26 ޖޫން 2016 ވަނަ ދުވަހުގެ ރޭ 22:00 ގައި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގައި އޮންނާނެއެވެ. ވީމާ، މިކޮމިޝަންތަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކާއި ވޯޓުގައި ބައިވެރިވާ ކްލަބް ( ފުރިހަމަ މެމްބަރުން ) ތަކުން 22 ޖޫން 2016 ގެ 14:00 ގެ ކުރިން މިއެސޯސިއޭޝަނަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ކުރިމަތިލައްވަން ހުށަހަޅާ ފޯމު މިއެސޯސިއޭޝަނުން ލިބެން ހުންނާނެއެވެ.

  1. ބީޗް ވޮލީބޯލް ކޮމިޝަން ( 03 މެމްބަރުން )
  2. ޓެކްނިކަލް ކޮމިޝަން ( 1 މެމްބަރު )
  3. ރޫލްސް ކޮމިޝަން ( 1 މެމްބަރު )

10 ރަމަޟާން 1437

15 ޖޫން 2016
ހޯދާ