ދިވެހިރާއްޖެ
އިޢުލާން
ފަރުނީޗަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ
މި ޑިޕާޓްމަންޓަށް ތިރީގައި މިދަންނަވާ ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:198-F/2016/63 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވެފައިވަނީ ދެ ފަރާތުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
އަދަދު |
އައިޓަމް |
ތަފުސީލު |
01 |
ކޮންފަރެންސް ޓޭބަލް |
15 ފޫޓުގެ ދިގު ކޮންފަރެންސް މޭޒެއް (މެލަމިން ފިނިޝިން) 14 ގޮނޑިއާއެކު. |
01 |
ވޯޑްރޯބް (އަލަމާރި) |
6 ފޫޓު އުސް، 4 ފޫޓު ފުޅާ |
02 |
އެނދު |
02ސިންގަލް އެނދު، 02 ގޮދަޑި (ސިންގަލް)، 4 ބާލީސް، 4 ބެޑްޝީޓް، 04 ބާލީހުއުރަ. |
01 |
ޑްރެސިން ޓޭބަލް |
ޑްރެސިންގް ޓޭބަލް ލޯގަނޑާއެކު، ގޮނޑިއާއެކު. |
01 |
ސޯފާ ސެޓް |
ލަކުޑި އަތްގަނޑުލީ ސޯފާ ސެޓް (03 ސީޓުގެ އެއް ސެޓް) |
01 |
ކޮފީ ޓެބަލް |
03 ފޫޓު ދިގު |
01 |
ޑައިނިންގ ޓޭބަލް |
ޑައިނިންގ ޓޭބަލް 04 ގޮނޑީގެ. |
03 |
އެގްޒެކްޓިވް ޓޭބަލް |
6"5' ދިގު ސައިޑް ޓޭބަލަކާއި، 03 ޑްރޯވަރސް |
05 |
އެގްޒެކްޓިވް ޗެއަރ |
ހައިބެކް އަތްގަނޑުލީ |
30 |
ބެންކުއެޓް ޗެއަރ |
ފެބްރިކް (އަތްގަނޑުނުލާ) އެލްމިނިއަމް ފްރޭމް |
12 |
ވޯކް ސްޓޭޝަން |
4ފޫޓު ދިގު، 02 ފޫޓު ފުޅާ، 4 ފޫޓު އުސްމިނުގެ ޕާރޓިޝަން، އަދި 04 ފޫޓު ދިގު. 02 ފޫޓު ފުޅާ މޭޒު އަދި 03 ޑްރޯވަރ |
14 |
ސެކްޓްރީ ޗެއަރ |
މީޑިއަމްބެކް އަތްގަޑުލީ |
05 |
ބެންޗް ޗެއަރ |
04 ސީޓުގެ |
މިކަމާބެހޭ މަޢުލޫމާތު ޝީޓް މި ޑިޕާޓްމަންޓުގެ ވެބްސައިޓް www.judiciary.gov.mv އިން ލިބެންހުންނާނެއެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 2016 ޖޫން 14 ވަނަ ދުވަހުގެ 14:00 ގެ ކުރިން 3006213 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 15 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އަންދާސީހިސާބު މިޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
7 ރަމަޟާން 1437