މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންކުރީޓް ބުޑުއެޅުމާއި އަދި ނެރުގެ ބޭރުފައިކަށީގައި ބައްތިޖެހުމަށް

އިޢުލާން

މިރަށު ފަޅުގައި 10 ބުލޮކުއެޅުމާއި އަދި ނެރުގެ ބޭރުކޮޅު ދެފައިކަށީގެ ބުޑުއަޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ:

މި ކައުންސިލުން ދޭ ކުރެހުމާ އެއްގޮތައް މިރަށު ފަޅުގައި، 4 ފޫޓު ފުޅާ 4 ފޫޓު ދިގު 2 ފޫޓު އުސް މިނުގެ ކޮންކުރީޓް ބުޑުއެޅުމާއި ނެރުގެ ބޭރުފައިކަށީގައި ބައްތިޖެހުމުގެ މަސައްކަތް، މި ކައުންސިލުން މަސައްކަތަށް ބޭނުންވާ ތަކެތި ދިނުމުންނާއި، އަދި އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 2016 މޭ 31 ވާ އަންގާރަ ދުވަހުގެ 10:30 ގައި މި އިދާރާގައެވެ. އަންދާސީހިސާބުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2016 ޖޫން 05 ވާ އާދީއްތަ ދުވަހުގެ 11:30 ގައި މި އިދާރާގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތަކުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަނެވޭނަމަ އެ ފަރާތެއްގެ ބަދަލުގައި އެހެން ބޭފުޅަކު ފޮނުވިކަން އެނގޭނެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ކުންފުންޏަކުންނަމަ އެއީ ތަމުސީލުކުރަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއަކާއި ވަޑައިގަންނަވާ ބޭފުޅެއްގެ އައި.ޑީ ކާޑުގެ ކޮޕީ ހިފައިގެން ދުރުވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ އެއްވެސް ފަރާތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

ވީމާ މިކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

ތިރީގައި މިވަނީ މާކުސްދިނުމަށް ހަމަޖެހިފައިވާ ގޮތެވެ.

ހުށަހަޅާ އަގަށް  %80

މުއްދަތަށް    % 10

ތަޖުރިބާއަށް   % 10

24 މޭ 2016
ހޯދާ