މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ކޮމަރޝަލް ބޭންކް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ބޭންކިންގ ވިޔަފާރިކުރުމުގެ ލައިސަންސް ދިނުން

ނޫސްބަޔާން

ކޮމަރޝަލް ބޭންކް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ބޭންކިންގ ވިޔަފާރިކުރުމުގެ ލައިސަންސް ދިނުން

ކޮމަރޝަލް ބޭންކް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށްް ރާއްޖޭގައި ކޮމަރޝަލް ބޭންކެއް ހުޅުވުމަށް ބޭނުންވާ ބޭންކިންގް ލައިސަންސް 16 މޭ 2016 ގައި މި އޮތޯރިޓީން ދޫކޮށްފީމެވެ. މި ބޭންކުގެ ހިއްސާދާރުންނަކީ ޓްރީޓޮޕް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް (%45 ހިއްސާ) އާއި ސްރީލަންކާގެ ބޭންކެއް ކަމުގައިވާ ކޮމަރޝަލް ބޭންކް އޮފް ސިލޯން (%55 ހިއްސާ) އެވެ.

މި ލައިސަންސް ދީފައިވަނީ ކޮމަރޝަލް ބޭންކަކުން ދޭ ހުރިހާ ޚިދުމަތެއް ދޭ ގޮތަށެވެ. އަދި މިގޮތުން  ބޭންކުގެ ޚިދުމަތް 15 ސެޕްޓެންބަރު 2016 ގެ ނިޔަލަށް ދޭން ފަށާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

މި އޮތޯރިޓީން ދެކޭ ގޮތުގައި، މި ބޭންކު ހުޅުވުމަކީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކަމާއެކު ފުޅާކޮށް ތަރައްޤީ ކުރުމަށާއި އެ ދާއިރާގެ ވާދަވެރިކަން އިތުރުކުރުމަށް ލިބޭ ކުރިއެރުމެކެވެ.

9 ޝަޢުބާން 1437

 

 

16 މޭ 2016
ހޯދާ