ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިފަރުގައި ބައިނަލް އަޤުވާމީ ޕްރީސްކޫލް ތަޢުލީމު ފޯރުކޮށްދޭނެ ސްކޫލެއް ޤާއިމުކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

އިޢުލާން

ބައިނަލްއަޤުވާމީ ފެންވަރުގައި ފޯރުކޮށްދެވޭ ޕްރޮފެޝަނަލް ޕްރީސްކޫލް ތަޢުލީމުގެ ފުރުޞަތު، ނައިފަރުގެ ތުއްތު ކުދިންނަށް ފަހިކުރުމުގެ ގޮތުން ރޯޝަނީ ޕްރީސްކޫލް ހިންގަމުން ގެންދިޔަ ޢިމާރާތުގައި ޕްރީސްކޫލް ތަޢުލީމު ފޯރުކޮށްދޭނެ ސްކޫލެއް ޤާއިމުކޮށް، ހިންގުމުގެ ފުރުޞަތު ހުޅުވައިލާ އެކަން އިޢުލާނުކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ނައިފަރު ކައުންސިލުގެ އިދާރާއަށް ދުރުވެ ނުވަތަ ފޯނުން ގުޅައިގެން ޕްރީބިޑް ޑޮކިއުމެންޓް ހޯއްދެވުން އެދެމެވެ. މި ބިޑާ ގުޅޭ ގޮތުން މަޢުލޫމާތުދިނުމަށް ބާއްވާ ޕްރީބިޑް މީޓިންގ އޮންނާނީ 2016 މޭ 09 ވަނަ ދުވަހުގެ ރޭގަނޑު 21:00 ގައި ނައިފަރު ކައުންސިލު އިދާރާގައެވެ. ޕްރީބިޑް މީޓިންގގައި ބައިވެރިނުވާ ފަރާތްތަކަށްވެސް ބިޑު ހުށަހެޅިދާނެއެވެ.

ބިޑު ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 2016 މޭ 19 ވަނަ ދުވަހުގެ 21:00 ގައި ނައިފަރު ކައުންސިލު އިދާރާގައެވެ. މި ވަގުތުގެ ފަހުން ހުށަހަޅާ ބިޑް ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.

އެންމެ ފަރާތަކުން ބިޑް ޕްރޮޕޯސަލް ހުށަހެޅިކަމުގައި ވިޔަސް ބިޑު އިވެލުއޭޓްކުރުމަށްފަހު، ބިޑް ޑޮކިއުމަންޓް ބުނާ މިންގަނޑުން މާކްސް ލިބިފައިވާނަމަ އެ ފަރާތަކަށް ބިޑު އެވޯޑްކޮށް އެގްރިމެންޓްކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން ދޫކުރެވޭ ބިޑު ޑޮކިއުމެންޓް ކަރުދާހުގައިވާ ފަދައިން މި ޢިމާރާތުގައި ޕްރީސްކޫލް ތަޢުލީމު ފޯރުކޮށްދިނުން ލާޒިމްވާނެއެވެ. އަދި ބިޑު ކާމިޔާބުކުރައްވާ ފަރާތުން ބޭނުންވެއްޖެ ހިނދެއްގައި ޢިމާރާތުގައި ތަޢުލީމީ އެހެން ޚިދުމަތްތައްވެސް ފޯރުކޮށްދެވިދާނެއެވެ.

03 މޭ 2016
ހޯދާ