ހިރިމަރަދޫ ސުކޫލް، ހދ. ހިރިމަރަދޫ
ދިވެހިރާއްޖެ
ފެނުގެ ނިޒާމު ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ހދ. ހިރިމަރަދޫ ސްކޫލްގައި އަމިއްލަ ތަކެތީގައި ފެނުގެ ނިޒާމެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި ކުރި އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރަން ވަޑައިގެންފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، ތިންވަނަ ފަހަރަށް އެ ފުރުޞަތު ހުޅުވާލަމެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

- މިހާރު ހުރި ތާނގީތަކުގެ ބުޑު ނަގައި ތަން ސާފުކުރުން.

- 3 ހަން ބެހެއްޓުމަށްޓަކައި ބުޑު އަޅައި މަތި ހިޔާކުރުން.

- ފެންވައިރުކުރުމާއި ފެންނެގުމަށް ދިޔަދޮތްވާ ގުޅާލުން.

- ފެންބުއިމަށް ކޫލަރު އަދި އިސްކުރުބަރި ހަރުކޮށް، މަތި ހިޔާރުކުރުން.              

ވީމާ، މި މަސައްކަތްކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް، ހިރިމަރަދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން ހިރިމަރަދޫ ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

28 އެޕްރީލް 2016 (ބުރާސްފަތި) ދުވަހުގެ 13:30 އަށް

9 މޭ 2016 (ހޯމަ) ދުވަހުގެ 13:30 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ ކާޑު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 08:00 ން 14:00 އަށް 6520536 ، 9839886 ނަންބަރު ފޯނާއެވެ.

މި މަސައްކަތަށް ބީލަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.

19 އޭޕްރިލް 2016
ހޯދާ