ދަރުމަވަންތަ ސްކޫލް
ދިވެހިރާއްޖެ
ކެންޓީނު ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

2016 ވަނަ އަހަރު މި ސްކޫލުގެ ކެންޓީނު ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (4)DS/2016/03 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑުތަކުގައި މަޢުލޫމާތު ފުރިހަމަނުވުމުގެ ސަބަބުން ބާޠިލުވެފައިވާތީ، އަލުން އިޢުލާނުކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 13:30 އަށް މި ސްކޫލުގެ އިދާރީ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 01 މޭ 2016 ވާ އާދީއްތަ ދުވަހުގެ 12:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް އެދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި އަންދާސީހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

11 ރަޖަބު 1437    

18 އޭޕްރިލް 2016
ހޯދާ