މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު: 220600

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: ޖީ. އެސް. 4

މަޤާމުގެ ކުލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2

ސަރވިސް: ސިވިލް ސަރވިސް ގުރޭޑް 9

ބޭނުންވާ އަދަދު: 1 (އެކެއް)

އޮފީސް: މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ

ސެކްސަން: ކޯޕަރޭޓް އެފެއާޒް

މުސާރަ: މަހަކު -/5،020 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގައި މަސައްކަތް ކޮށްފިނަމަ ބަންދު ދުވަހުގެ ފައިސާއާއި، ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާފަދަ، ސިވިލް ސަރވިސްގެ ގަވާއިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ އެލަވަންސްތައް، ހަމަޖެހިފައިވާ އުޞޫލުން ލިބޭނެއެވެ.

 

 

މަޤާމުގެ ޝަރުޠު:

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން  "ސީ" ގުރޭޑް ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ"ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި  "ދިވެހި"  މި  މާއްދާއިން  ދަށްވެގެން  "ސީ"  ގްރޭޑް  ލިބިފައިވުމާއެކު،  މަޤާމުގެ  މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

1- ކައުންސިލްގެ ޔައުމިއްޔާ ލިޔުމާއި، އެޖެންޑާ ކުރުމާއި، ކައުންސިލަށް ބޭނުންވާ އިދާރީ އެންމެހައި މަސައްކަތްތައް ކައުންސިލްގެ ޑިރެކްޓަރ / ޒިންމާދާރުވެރިޔާ ލަފާގެމަތިން ކުރުން.

2- ކައުންސިލުން އެކިއެކި ކަންކަމުގައި އެކިއެކި ފަރާތްތަކާއެކު ހަދަންޖެހޭ އެގްރިމެންޓްތައް ހެދުމުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

3- ރަށުގެ ތަރައްޤީއަށްޓަކައި ހިންގޭ އެކިއެކި ޕްރޮޖެކްޓްތަކުގެ ރެކޯޑް ބެލެހެއްޓުމާއި، ތަރައްޤީގެ ޕްރޮޖެކްޓްތަކާ ގުޅޭ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.

4- ސްޓޮކަށް ތަކެތި ގަތުމާބެހޭ އެންމެހައި ކަންކަން ކުރުން.

5- ދިރިއުޅުން ފިޔަވައި އެހެން ބޭނުންތަކަށް ބިން ދޫކުރުމާއި، އިން ވަކިކުރުމާބެހޭ ކަންތައްތައް ކުރުން.

6- ތަޙްޤީޤުކުރެވޭ އެކިއެކި މައްސަލަތައް ތަޙްގީޤުކުރުމުގައި އެހީތެރިވުން.

7- 65 އަހަރުން މަތީގެ މީހުންގެ މަޢުލޫމާތާއި، ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަޢުލޫމާތުތައް ބެލެހެއްޓުން.  

8- އައިޑީ ކާޑް ހެއްދުމުގައި ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން.

9- ހުކުރު ނަމާދު، އީދު ނަމާދު، ކޭތަ ނަމާދުފަދަ ނަމާދުތަކަށް ދެންނެވުން.

10- އަރުވާލާ މީހުންނާއި، ގޭބަންދުގައި ތިބޭ މީހުންގެ ރެކޯޑު ބެލެހެއްޓުން.

11- ކައުންސިލް އިދާރާގެ މެޝިނަރީއާއި އިކިއުޕްމަންޓްތައް ފޮޅާސާފުކުރުމުގެ ކަންކަން މަސައްކަތުމީހާ ލައްވައި ކުރުވުން.

12- ކުލަބް ޖަމްޢިއްޔާތަކާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުން.

13- ތިމާވެއްޓާ ބެހޭގޮތުން އަންނަ އެކިއެކި މެސެޖު ސިޓީ ފަދަ ލިޔުންތަކަށް ޖަވާބުދާރީވުން.

14- ރަށުގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގައި ބައިވެރިވުން.

15- ސެކްޝަނުގައި މަސައްކަތްކުރާ މުވައްޒަފު ހާޒިރުނުވާ ދުވަސްތަކުގައި އެ މުވައްޒަފުގެ މަސައްކަތްތައް ކުރިއަށް ގެންދިއުން.

16- ހަވާލުކުރެވިފައިވާ މަސައްކަތްތަކާ ގުޅިގެން ޖަވާބުދޭންޖެހޭ ސިޓީ، މެސެޖަށް ޖަވާބުދިނުން.

17- ހަވާލުކުރެވިފައިވާ މަސައްތަކާ ގުޅިގެން ހަދަންޖެހޭ ރިޕޯޓްތައް ހެދުން.

18- ހަވާލުކުރެވިފައިވާ މަސައްކަތްތަކާބެހޭ ލިޔުންތައް ބެލެހެއްޓުމާއި، ފިޔަވަޅުއަޅައި ނިމޭ މައްސަލަތައް ގަވާއިދާ އެއްގޮތަށް ފައިލްކުރުން.

19- ކައުންސިލް އިދާރާގެ ރަސްމީ މަސައްކަތްތަކާ ގުޅިގެން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.

20- ކައުންސިލް  އިދާރާގެ  އެހެން  މުވައްޒަފަކު،  ކައުންސިލް  އިދާރާގެ  މަސައްކަތާ  ގުޅޭގޮތުން  އެހީތެރިކަމަށް އެދިއްޖެނަމަ، އެ އެހީތެރިކަމެއް ފޯރުކޮށްދިނުން.

 

ވަޒީފާށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް:

1- ލިބިފައިވާ ތައުލީމާއި ތަމްރީން.

2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

3- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި ބޭނުންވާ ސިފަތައް.

 

އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު:

- މި  މަޤާމަށް  މީހަކު  ހޮވުމަށް  ބާއްވާ  އިންޓަވިއުއަށް  ހާޒިރުވާންޖެހޭ  ދުވަހާއި  ގަޑިއާއި  ތަނާބެހޭ މަޢުލޫމާތު، މަސައްކަތު 5 ދުވަހުގެ ކުރިން، ވަޒީފާއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް މި އިދާރާއިން އަންގާނެއެވެ.

- މި މަޤާމަށް އިންޓަވިއު ކުރެވޭނީ މި މަޤާމަށް ހުޅަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ތަޢުލީމީ ފެންވަރު އެންމެ ރަގަނޅު ފަރާތްތަކާއެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތަނާއި ތާރީޚު:

މި ވަޒީފާއިން އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2016 އެޕްރީލް 24 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، އިންނަމާދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. 
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ނޯޓު: ފޯމް ހުށަހަޅަން ހާޒިރުވާއިރުގައްޔާއި އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.)

އިތުރު މަޢުލޫމާތު:

މި ވަޒީފާއަށް ހުށަހެޅުމުގައި އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، ރ. އިންނަމާދޫ ކައުންސިލް އިދާރާގެ 6580052 ނަންބަރު ފޯނާ ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 6580052 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

7 ރަޖަބު 1437

14 އޭޕްރިލް 2016
ހޯދާ