މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ވެށިފަހި މާލެ ޕްރޮގްރާމްގެ ތެރެއިން ކެޓަގަރީ B ، A އަދި C ގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން މާލެއިން ފްލެޓް ލިބޭނެކަމުގެ ލިޔުން ހަވާލުކުރެވިފައިވާ ފަރާތްތަކަށް

ވެށިފަހި މާލެ، ޕްރޮގްރާމުގެ ދަށުން މާލޭގައި ޢިމާރާތް ކުރެވެމުންދާ ފުލެޓްތައް ހޯދުމަށް އެދި ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ކެޓަގަރީ B , A އަދި C ގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފުލެޓަށް ހޮވޭވަރަށް ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އެކަން އެންގެވުމުގެ ގޮތުން މި މިނިސްޓްރީން މީގެ 3 އަހަރު ކުރިން ވަނީ ސިޓީ ފޮނުވާފައެވެ. މިކަމާ ގުޅޭގޮތުން، ފުލެޓްތަކުގެ އަގު އަދާކުރުމާބެހޭ މަޢުލޫމާތު ހިމެނޭ ސިޓީއެއް ކޮންމެ ފަރާތަކަށް ވެސް މިހާރު މި މިނިސްޓްރީގެ ގެދޮރުވެރިކުރުމާބެހޭ ޔުނިޓުން ދަނީ ހަވާލުކުރަމުންނެވެ. އެހެންކަމުން، އިސްވެ ދެންނެވުނު ސިޓީ ހަވާލުކޮށްފައިވާ، ކެޓަގަރީ B , A އަދި C ގައި ހިމެނޭ ފަރާތްތަކުން މި މިނިސްޓްރީގެ ގެދޮރުވެރިކުރުމުގެ އޮފީހަށް ޢިއްޒުއްދީނުމަގުގައި ހުންނަ ދޮރޯށިން ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 9:00 ން 13:30 އަށް ވަޑައިގެން ސިޓީއާ ހަވާލުވެވަޑައިގަތުން އެދެމެވެ. ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، މި އިޢުލާނާ އެކުގައިވާ ޕަވަރ އޮފް އެޓަރނީ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ގެދޮރުވެރިކުރުމާބެހޭ ޔުނިޓަށް ވަޑައިގެން ސިޓީއާ ހަވާލުވެވަޑައިގަތުން އެދެމެވެ. އަދި އެސިޓީގައި ބަޔާންކޮށްފައިވާ، ފައިސާ ދައްކަން ގަސްދުކުރާގޮތް ބަޔާންކޮށް، މިމިނިސްޓްރީއަށް ސިޓީ ފޮނުއްވެވުމަށް، ދީފައިވާ ތާރީޚު 17 އެޕްރީލް 2016ގެ ބަދަލު ގައި މިހާރު ސިޓީ ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީޚަކީ 21 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 ކަމުގައި ދަންނަވަމެވެ. އަދި ޕަވަރ އޮފް އެޓަރނީގެ ފޯމެޓް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމުގައި ދެންނެވީމެވެ.

14 އޭޕްރިލް 2016
ހޯދާ