އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު:

ސޮފްޓްވެއަރ ޑިވެލޮޕަރ (ވަގުތީ)

ބޭނުންވާ އަދަދު:

02 (ދޭއް)

ސެކްޝަން:

އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސެކްޝަން

ބޭސިކް މުސާރަ:

މަހަކު -/8835 (އަށްހާސް އަށްސަތޭކަ ތިރީސް ފަސް ރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު -/2000 (ދެހާސް ރުފިޔާ) (މި އެލަވަންސް ދެވޭނީ އޮފީހުގެ މަސައްކަތަށް ހާޒިރުވާ ދުވަސްތަކަށެވެ.)

ޓެކްނިކަލް އެލަވަންސް

މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/225 ރުފިޔާ

އިތުރުގަޑީގެ ފައިސާ:

ނުރަސްމީގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް: 

ކޮންޓްރެކްޓް (1 އަހަރުގެ މުއްދަތަށް) – ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެ

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

1- ޖީ.ސީ.އީ އޯލެވެލް/އައި.ޖީ.ސީ.އެސް.އީ އިމްތިޙާނުން ދަށްވެގެން 3 މާއްދާއިން "ސީ" ފާސް ލިބިފައިވުން.

2- VB.NET, C އަދި MSSQL  ބޭނުންކޮށްގެން ސިސްޓަމް ޑިޒައިންކޮށް ކޯޑު ކުރުމުގެ ޤާބިލުކަން ހުރުން.

3 ASP.Net  MVC, Entity frame work, Janos script (J4uery),htma5 and CSS3  ބޭނުންކޮށްގެން ވެބް އެޕްލިކޭޝަން ތައްޔާރުކުރުމުގެ ޤާބިލުކަން ހުރުން.

4- ސޮފްޓްވެއަރ ޑިޒައިންކޮށް އިންޕްލިމެންޓް ކުރުމުގެ ތަޖުރިބާ ހުރުން ނުވަތަ މި މަސައްކަތް ކުރެވޭނެކަން  ސާބިތުކޮށްދިނުން.

5- ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.

6- ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކު ކަމުގައި ނުވުން.

މަސްއޫލިއްޔަތު:

- އިލެކްޝަންސް މެނޭޖްމަންޓް ސިސްޓަމެއް ތައްޔާރުކުރުމަށްޓަކައި ބޭނުންވާނެ ފަންނީ މަޢުލޫމާތުތައް އެއްކޮށް ދިރާސާކޮށް ޑޮކިއުމެންޓު އެކުލަވާލުން.

- އިލެކްޝަންސް މެނޭޖްމަންޓް ސިސްޓަމް ޑިޒައިންކޮށް ޑިވެލޮޕްކުރުން.

- ކޮމިޝަންގެ ވެބްސައިޓަށް ގެންނަންޖެހޭ ބަދަލުތައްގެނެސް ވެބްސައިޓު ކޮމިޝަނުން ބޭނުންވާ މިންގަނޑަށް ތަރައްޤީކުރުން.

މަޤާމު:

ގްރެފިކްސް ޑިޒައިނަރ (ވަގުތީ)

ބޭނުންވާ އަދަދު:

01 (އެކެއް)

ސެކްޝަން:     

ވޯޓަރސް އެންޑް ސިވިކް އެޑިޔުކޭޝަން ސެކްޝަން

މުސާރަ:

މަހަކު -/6295 (ހަ ހާސް ދުއިތައްސައްތަ ނުވަދިހަ ފަސް ރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު -/2000 (ދެހާސް ރުފިޔާ) (މި އެލަވަންސް ދެވޭނީ އޮފީހުގެ މަސައްކަތަށް ހާޒިރުވާ ދުވަސްތަކަށެވެ.)

ޓެކްނިކަލް އެލަވަންސް

މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/75 ރުފިޔާ

އިތުރުގަޑީގެ ފައިސާ:

ނުރަސްމީގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް: 

ކޮންޓްރެކްޓް (1 އަހަރުގެ މުއްދަތަށް) – ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެ

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ނުވަތަ ލެވެލް 5 ގެ ސަނަދެއް) ހާސިލުކޮށްފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާގައި މަދުވެގެން 01 (އެކެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

3- ކޮމްޕިއުޓަރ ގްރެފިކްސް އެޕްލިކޭޝަންސް ބޭނުންކުރަން އެނގުން. (މިކަން ބެލުމަށް ދެވޭ ޓެސްޓުން ކަނޑައެޅިފައިވާ މާކްސްގެ ½ (ދެބައިކުޅަ އެއްބައި) ލިބޭ ފަރާތްތައް ޝަރުޠު ފުރިހަމަވާ ކަމުގައި ބެލެވޭނެއެވެ).

4- މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން. (ޚާއްޞަކޮށް ތާނަ ޓައިޕްކުރަން އެނގުން)

5- ކޮރަލްޑްރޯ އާއި ފޮޓޯޝޮފް ފަދަ ސޮފްޓްވެއަރގައި މަސައްކަތްކުރަން އެނގުން.

6- ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.

7- ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

8- ޢުމުރުން 45 އަހަރުން ދަށުގެ މީހެއްކަމުގައިވުން.

މަސްއޫލިއްޔަތު:

- ފޮޓޯގްރެފީ، ވީޑިއޯގްރެފީ އަދި ކޮމްޕިއުޓަރ އައިޑެޑް ޑިޒައިން ފަދަ މަޤާމާ ގުޅުންހުރި ހުނަރުތައް ހުރުން.

- ޕްރެޒެންޓޭޝަން ތައްޔާރު ކުރުން.

- އިންފޯގްރެފިކްސް އާއި ވީޑިއޯ ސްޕޮޓް ކްރިއޭޝަންގެ ދާއިރާއިން ތަޖުރިބާ ހުރުން

- ޑިޒައިން ސޮފްޓްވެއަރތައް ފަރިތަކަމާއެކު ބޭނުންކުރަން އެނގުން. (އެޑޯބް އިލުސްޓޭޓަރ، ފޮޓޯޝޮޕް، އިން ޑިޒައިން ފަދަ ސޮފްޓްވެއަރ)

- ސްޕޮޓްތަކުގެ ސްކްރިޕްޓް ތައްޔާރުކުރުން

- އުފެއްދުންތެރި ޚިޔާލުގެ އަލީގައި ގްރެފިކްސް އާއި ލިޔެކިޔުންތައް ތައްޔާރު ކުރުން.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ޖީ.އެސް 3)

ބޭނުންވާ އަދަދު:

01 (އެކެއް)

ސެކްޝަން:

ވޯޓަރސް އެންޑް ސިވިކް އެޑިޔުކޭޝަން ސެކްޝަން

މުސާރަ:

މަހަކު -/4465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސަރވިސް އެލަވަންސް

މަހަކު -/1500 (އެއްހާސް ފަސްސަތޭކަ ރުފިޔާ) (މި އެލަވަންސް ދެވޭނީ އޮފީހުގެ މަސައްކަތަށް ހާޒިރުވާ ދުވަސްތަކަށެވެ.)

އިތުރުގަޑީގެ ފައިސާ:

ނުރަސްމީގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް: 

ކޮންޓްރެކްޓް (1 އަހަރުގެ މުއްދަތަށް) – ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެ

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

1- ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ

2- ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު،  ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

3- މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.

4- ޢުމުރުން 35 އަހަރުން ދަށުގެ މީހެއްކަމުގައިވުން.

5- ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.

6- ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

މަސްއޫލިއްޔަތު:

- ސިވިކް އެޑިޔުކޭޝަނާއި ވޯޓަރ އެޑިޔުކޭޝަން ޕްރޮގްރާމްތައް ހިންގުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން.

- އިންތިޚާބުގެ ޓްރެއިނިންގއަށް ބޭނުންވާ މެޓީރިއަލްސް ތައްޔާރުކުރުން.

- ޓްރެއިނިންގ ވީޑިޔޯގެ ސްކްރިޕްޓް ތައްޔާރުކުރުން

- ސްޕޮޓްތަކުގެ ސްކްރިޕްޓް ތައްޔާރުކުރުން

- އޮބްޒަރވަރުން، މޮނިޓަރުން ކެންޑިޑޭޓުން އަދި އޮފިޝަލުންގެ އަތްމަތީފޮތް ތައްޔާރުކުރުން.

- އޮފިޝަލުންގެ ޓްރެއިނިންގއަށް ބޭނުންވާ ޕްރެޒެންޓޭޝަންތައް ތައްޔާރުކުރުން.

- ސެކްޝަންގެ އިދާރީ މަސައްކަތްތައް ކުރުން.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ޖީ.އެސް 3)

ބޭނުންވާ އަދަދު:

01  (އެކެއް)

ސެކްޝަން:

އިލެކްޝަންސް ކޯޑިނޭޝަން ސެކްޝަން

ބޭސިކް މުސާރަ:

މަހަކު -/4465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސަރވިސް އެލަވަންސް

މަހަކު -/1500 (އެއްހާސް ފަސްސަތޭކަ ރުފިޔާ) (މި އެލަވަންސް ދެވޭނީ އޮފީހުގެ މަސައްކަތަށް ހާޒިރުވާ ދުވަސްތަކަށެވެ.)

އިތުރުގަޑީގެ ފައިސާ:

ނުރަސްމީގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް: 

ކޮންޓްރެކްޓް (1 އަހަރުގެ މުއްދަތަށް) – ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެ

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

1- ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ

2- ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު،  ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

3- މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.

4- ޢުމުރުން 35 އަހަރުން ދަށުގެ މީހެއްކަމުގައިވުން.

5- ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.

6- ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

މަސްއޫލިއްޔަތު:

- އިންތިޚާބުތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.

- ވޯޓުލާ ސަރަޙައްދު ބައިކުރުމަށް ނިންމާ ރަށްރަށުގެ ސަރަޙައްދު ބައިކުރުމާ ގުޅޭގޮތުން އެ ރަށްރަށަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ސަރަޙައްދު ބައިކުރެވޭ ގޮތުގެ ޗާޓުތައް އެ ރަށްރަށުން ގެނައުމުގެ މަސައްކަތް ކުރުން.

- ވޯޓުފޮށި ބެހެއްޓުމަށް ނިންމާ ތަންތަނުގައި ވޯޓުފޮށި ބެހެއްޓުމުގެ ހުއްދަަ ހޯދުމުގެ މަސައްކަތް ކުރުން.

- އަތޮޅުތެރޭގެ ރަށްރަށުގައި ހުރި ވޯޓިންގބޫތުތަކުގެ ހާލަތު ވަޒަން ކުރުން.

- ސެކްޝަނުގެ އިދާރީ މަސައްކަތްކުރުން.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ޖީ.އެސް 3)

ބޭނުންވާ އަދަދު:

02 (އެކެއް)

ސެކްޝަން:

ޕްރޮކިޔުމަންޓް ސެކްޝަން

ބޭސިކް މުސާރަ:

މަހަކު -/4465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު -/1500 (އެއްހާސް ފަސްސަތޭކަ ރުފިޔާ) (މި އެލަވަންސް ދެވޭނީ އޮފީހުގެ މަސައްކަތަށް ހާޒިރުވާ ދުވަސްތަކަށެވެ.)

އިތުރުގަޑީގެ ފައިސާ:

ނުރަސްމީގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް: 

ކޮންޓްރެކްޓް (1 އަހަރުގެ މުއްދަތަށް) – ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެ

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

1- ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ

2- ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު،  ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

3- މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.

4- ޢުމުރުން 35 އަހަރުން ދަށުގެ މީހެއްކަމުގައިވުން.

5- ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.

6- ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

މަސްއޫލިއްޔަތު:

- ކޮމިޝަނަށް ހޯދަންޖެހޭ ތަކެތި ހޯދުމާއި ޚިދުމަތްތައް ދިނުން.

- ޚިދުމަތާއި ތަކެތި ހޯދުމަށް ބޭނުންވާ އެގްރީމަންޓް ތައްޔާރުކުރުން.

- ކޮމިޝަނަށް ހޯދަންޖެހޭ ޚިދުމަތާއި ތަކެތީގެ އަގު ބަލައި ކޯޓޭޝަން ހޯދުން.

- ކޮމިޝަންގެ އިދާރާގެ މަސައްކަތަށް ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތްތަކުގެ ބިޑްތަކުގެ މަސައްކަތް ކުރުން.

- ސެކްޝަންގެ އިދާރީ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ.

- ދާއިރާގެ މަސައްކަތާގުޅޭ ގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

- އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.  

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ނޯޓު:

އިޢުލާންކޮށްފައިވާ މަޤާމުތަކަށް ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ.

ސުންގަޑި:         

މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 25 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް، އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަވަންވާނެއެވެ.

މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން (ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5 ވަނަ ފަންގިފިލާއިން) ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

08 ރަޖަބު 1437

ގްރެފިކްސް ޑިޒައިނަރގެ މަޤާމަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑު

ތަފުސީލު

މާކްސް

ތަޢުލީމު

40 މާކްސް

މަސައްކަތުގެ ތަޖުރިބާ

15 މާކްސް

އިންޓަރވިއު

35 މާކްސް

ޚާއްޞަ ހުނަރު (ޢަމަލީ ޓެސްޓު)

10 މާކްސް

 

100 މާކްސް

ސޮފްޓްވެއަރ ޑިވެލޮޕަރގެ މަޤާމަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑު

ތަފުސީލު

މާކްސް

ތަޢުލީމު

35 މާކްސް

މަސައްކަތުގެ ތަޖުރިބާ

20 މާކްސް

އިންޓަރވިއު

35 މާކްސް

ޚާއްޞަ ހުނަރު (ޢަމަލީ ޓެސްޓު)

10 މާކްސް

 

100 މާކްސް

އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑު

ތަފުސީލު

މާކްސް

ތަޢުލީމު

40 މާކްސް

މަސައްކަތުގެ ތަޖުރިބާ

10 މާކްސް

އިންޓަރވިއު

35 މާކްސް

ޚާއްޞަ ހުނަރު (ޢަމަލީ ޓެސްޓު)

15 މާކްސް

 

100 މާކްސް

ޝޯޓްލިސްޓު ކުރެވޭގޮތް

  • ޝޯޓްލިސްޓު ކުރާނީ ތަޢުލީމު، މަސައްކަތުގެ ތަޖުރިބާ އަދި ތަމްރީނާއި ހުނަރުގެ މާކްހަށް ބެލުމަށްފަހު ލިބޭ މާކްސްގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.
  • މަސައްކަތުގެ ތަޖުރިބާ ބެލުމަށް މާކްސް ދެވޭނީ، ކަމާ ގުޅޭ ދާއިރާއިން ސެޓުފިކެޓު ހާސިލުކުރުމަށްފަހު ހޯދާފައިވާ ތަޖުރިބާއަށެވެ.
  • ތަޢުލީމީ ސެޓުފިކެޓަށް މާކްސް ދޭނީ މަސައްކަތުގެ ދާއިރާއާގުޅޭ ސެޓުފިކެޓްތަކަށެވެ.
  • މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓު ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓުފިކެޓުތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ.
14 އޭޕްރިލް 2016
ހޯދާ