ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:                  އެސިސްޓެންޓް ޑިރެކްޓަރ 

ބޭނުންވާ އަދަދު:             01

މުސާރަ:                 -/11,623 ރުފިޔާ

ލިވިންގ އެލަވަންސް:          -/3,000 ރުފިޔާ

ރިސްކް އެލަވަންސް:          -/1,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:      މާލެ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:  އޮފީހަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ އިދާރީމަސައްކަތްތައް ހިންގައި ބެލެހެއްޓުން. 

ފެންވަރު ނުވަތަ ޝަރުޠު: 

1. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާގެ މަޤާމެއްގައި މަދުވެގެން 02 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

2. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާގެ އިސްމަޤާމެއްގައި މަދުވެގެން 01 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

3. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. 

އިތުރު އެލަވަންސް: މި މަޤާމަށް ލީގަލްސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 އާއި، އެޑެންޓެންސް އެލަވަންސްގެ ގޮތުގައި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/120 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 19 އެޕްރީލް 2016 ވަނަ ދުވަހުގެ 14:30 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު މި އޮފީހަށް ފޮނުއްވުން އެދެމެވެ. ފޯމު ހުށަހަޅާއިރު ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ވަނަވަރަކާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގެ ކޮޕީ ފޮނުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުވެސް ބަލައިގަނެވޭނެއެވެ. (އީމެއިލް [email protected])

06 ރަޖަބު 1437

13 އޭޕްރިލް 2016
ހޯދާ