ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުދިމް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައި މިބަޔާންކުރާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމް:

މުދިމް

މަޤާމުގެ ގިންތި:

ވަގުތީ (ވޭޖް އުޞޫލުން 3 މަސް ދުވަހަށް)

މަޤަމުގެ ކުލެސިފިކޭޝަން:

އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

ޖީ. އެސް. 2 (ޖެނެރަލް ސަރވިސް)

ސެކްޝަން:

މަކުނުދޫ ކައުންސިލްގެ އިދާރާ

ޔުނިޓް:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

މުސާރަ (މަސައްކަތް ކުރާ ދުވަހަކަށް):

83/168 (ސަތޭކަ ފަސްދޮޅަސް އަށް ރުފިޔާ، އައްޑިހަ ތިން ލާރި)

ސަރވިސް އެލަވަންސް:

-

ބޭނުންވާ އަދަދު:

2 (ދޭއް)

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2- ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު: 

1. ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ 15 މިނެޓުގެ ކުރިން މިސްކިތަށް ގޮސް، މިސްކިތުގެ ކަންތައްތައް ބަލައި ރަނގަޅުކުރުމަށްފަހު، ނަމާދު ވަގުތުޖެހުމުން ބަންގި ގޮވުމާއި، އިމާމުވެ ނަމާދުކުރުން.

2- މިސްކިތަށް ދަތިވާ ކޮންމެކަމެއް، ކައުންސިލް އިދާރާއިން އެކަމަށް ކަނޑައެޅިފައިވާ ސުޕަރވައިޒަރަށް އެންގުން.

3- ރަމަޟާންމަހު މިސްކިތުގައި ތަރާވީޙް ނަމާދުކުރުން.

4- މިސްކިތުގައި ކަށުނަމާދުކުރުމާ ބެހޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.

5- ކައުންސިލް އިދާރާގެ ފަރާތުން އިންތިޒާމްކޮށްގެން މިސްކިތުގައި ދީނީނަޞޭހަތް ދިނުމުގެ ބައްދަލުވުމެއް ބާއްވާނަމަ، އެކަން ނިމެންދެން އިމާމް މީހާ މިސްކިތުގައި މަޑުކުރުން.

6- މިސްކިތުގެ އެއްވެސްތަނަކަށް ގެއްލުމެއް ލިބިފައިވޭތޯ ބެލުމާއި، މަރާމާތުކުރަންޖެހޭ ތަނެއް ހުރިތޯ ބަލައި، ކައުންސިލް އިދާރާއިން އެކަމަށް ކަނޑައެޅިފައިވާ ސުޕަވައިޒަރަށް އަންގައި، އެކަން ޙައްލުކުރުމަށް މަސައްކަތްކުރުން.

7- ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި، ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ޙައްލުކުރުމަށް މަސައްކަތް ކުރުން.

8- މިސްކިތް ސާފުކޮށް ބެލެހެއްޓުމަށް ތިބޭ މަސައްކަތު މީހުން ލައްވައި މިސްކިތް ފޮޅައި ސާފުކުރުވުމުގެ މަސައްކަތް ކުރުވުމާއި، ފާޚާނާތަކާއި، އިސްކުރުބަރިއާއި، ގޯތިތެރެ ސާފުކުރުމުގެ މަސައްކަތް ކުރުވުން.

9- މިސްކިތް ހަވާލިކޮށްފައިވަނިކޮށް ބަލިވުން ނުވަތަ އެހެންކަމެއް ދިމާވެގެން މިސްކިތަށް ނުދެވޭގޮތް މެދުވެރިވެއްޖެނަމަ، ހަވާލުވެފައިވާ މިސްކިތުގެ އެއްވެސް ތަޅުދަނޑިއެއް ނުވަތަ ތަޅުދަނޑިތައް، އޮފީހުގެ ކަމާބެހޭ ސެކްޝަނާ ހަވާލުކުރުން.

10- މިސްކިތުގެ މުދިމަކު އޮފީހަށް ނުކުމެ ސޮއިކޮށްފައިވަނިކޮށް، ހަމަ އެދުވަހު މުދިމު މީހާއަށް ކަމެއްދިމާވެގެން މިސްކިތަށް ދިއުމަށް އުޒުރުވެރިވެއްޖެނަމަ، އެދުވަހުގެ ބާކީ އޮތްބަޔަށް މިސްކިތަށް އިމާމަކު ހަމަޖެއްސުމަކީ، މިސްކިތް ހަވާލުކޮށްފައިވާ މުދިމުގެ ޒިންމާއެކެވެ. މިގޮތުން ހަވާލުކުރެވޭ މުދިމަކީ/ އިމާމަކީ، ތަޖުވީދުމަގުން ޤުރްއާން ކިޔަވަން އެނގޭ މީހަކަށް ވުމާއި، ރީތިކޮށް ބަންގި ގޮވަން ދަންނަ މީހެއްކަމުގައިވާންވާނެއެވެ. މިގޮތަށް ހަމަޖެއްސޭ މީހަކާބެހޭ މަޢުލޫމާތު ކަމާބެހޭ ކައުންސިލް އިދާރާގެ އެކަމަށް ކަނޑައެޅިފައިވާ ސުޕަވައިޒަރަށް އަންގަންވާނެއެވެ.

ސުންގަޑި:

2016 އެޕްރީލް 19 ވާ އަންގާރަދުވަހުގެ 14.00 ގެ ކުރިން ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:   

1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު

2- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

3- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.

4- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް: ވަޒީފާގެ އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން، އިންޓަވިއުއަށް ހާޒިރުވާއިރު މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު:

  • މުދިމުގެ ވަޒީފާގައި މަސައްކަތްކުރާ މުވައްޒަފަކު މަސައްކަތްކުރަންޖެހޭނީ، ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ ޗެޕްޓަރު 10 ގައި މިސްކިތު މުވައްޒަފުން ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ގޮތަށެވެ.
  • މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ އިންޓަވިއުއަށް ހާޒިރުވާންޖެހޭ ގަޑިއާއި ތާރީޚު ފަހުން އެންގޭނެއެވެ.
  • މި ވަޒީފާއަށް ހޮވޭ ފަރާތްތަކުގެ މަސައްކަތްތަށް ނުކުންނަންޖެހޭނީ ކައުންސިލްގެ އިދާރާއިން އަންގާ ދުވަސްތަކުގައެވެ. އަދި މުއްދަތު ގުނޭނީ، ވަޒީފާއަށް ނުކުންނަ ދުވަސްތަކަށެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި އިދާރާގެ 6520038 ނަންބަރު ފޯނާ، ރަސްމީ ގަޑީގައި ގުޅުން އެދެމެވެ.

4 ރަޖަބު 1437

11 އޭޕްރިލް 2016
ހޯދާ