ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރ، އިކޮނޮމިކް ޑިވޮލޮޕްމެންޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައި މި ބަޔާންކުރާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމް:

ޕްލޭނިންގ އޮފިސަރ

މަޤާމުގެ ގިންތި:

ވަގުތީ (ވޭޖް އުޞޫލުން 3 މަސްދުވަހަށް)

މަޤަމުގެ ކުލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

އެމް. އެސް. 1 (މެނޭޖިރިއަލް ސަރވިސް)

ސެކްޝަން:

މަކުނުދޫ ކައުންސިލްގެ އިދާރާ

ޔުނިޓް:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

މުސާރަ (މަސައްކަތް ކުރާ ދުވަހަކަށް):

253/66 ރުފިޔާ (ދުއިސައްތަ ފަންސާސް ތިންރުފިޔާ ފަސްދޮޅަސް ހަ ލާރި)

ސަރވިސް އެލަވަންސް:

-

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠު:  

1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

4- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާގައި ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:    

1. މަކުނުދޫ ކައުންސިލުން ކުރަމުންގެންދާ ތަރައްޤީއާބެހޭ ކަންކަމާ ގުޅިގެން ތައްޔާރުކުރަންޖެހޭ އެންމެހައި ޕްލޭންތައް، ކައުންސިލުންދޭ އިރުޝާދާ އެއްގޮތަށް، ކައުންސިލުގެ "އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް" ޔުނިޓު ހިންގުމާ ހަވާލުވެހުންނަ ވެރިއެއްގެ ލަފާގެމަތިން ކުރުން.

2- ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެމަތިން ޕްރީ ސްކޫލުގެ ޚިދުމަތްތައް ދިނުމާއި، ބޮޑެތި މީހުންގެ ތަޢުލީމީ ފެންވަރާއި ފަންނީ ފެންވަރު މަތިކުރުމުގެ ޕްރޮގްރާމްތައް، ޔުނިޓުގެ އިސްވެރިއެއްގެ ލަފާގެމަތިން ރާވައި ހިންގުން.

3- ރަށުގެ ބިމާއި، ފަޅާއި، ފަރު، ހެޔޮގޮތުގައި ރައްޔިތުންނަށް ފައިދާހުރިގޮތަށް ބޭނުންކުރުމަށްޓަކައި ކައުންސިލުން ހަދާ ގަވާއިދުތަކާއި އުޞޫލްތަކާ އެއްގޮތަށް އެކަންކަން އިންތިޒާމްކޮށް، އެކަންކަމާ ގުޅިގެން ހަދަންޖެހޭ އެންމެހައި ޕްލޭންތަކާއި ޕްރޮގްރާމްތަކާއި މަސައްކަތު ހަރަކާތްތައް އެކުލަވައިލައި، އެކަންކަމުން ރަނގަޅު ނަތީޖާ ނެރެވޭގޮތަށް މަސައްކަތްކުރުން.

4- ރަށުގެ ޕްލޭނިންގއާބެހޭ އެންމެހައި ދާއިރާތަކުގެ މަޢުލޫމާތު، ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކަށާއި އޮފީސްތަކަށް ބަރާބަރަށް ކަނޑައެޅިފައިވާ މުއްދަތަކަށް ފޮނުވުން.

5- އައިޑީ ކާޑު ހެދުމާއި، ކާޑާ ގުޅިގެން ފޮނުވަންޖެހޭ ލިޔުންތައް ޑީ.އެން.އާރއަށް ފޮނުވުން.

6- ރަށުގެ އާބާތުރަފިލުވުމަށާއި، ރަށް ޒީނަތްތެރިކަން އިތުރުކުރުމަށް ރާވައި ހިންގާ އެންމެހައި ކަންކަން ޑިޒައިންކޮށް، އެކަންކަން ކައުންސިލަށް އެޖެންޑާކުރުމަށް ފޮނުވައި، ކައުންސިލުން ނިންމާގޮތެއްގެމަތިން އެކަންކަން ތަންފީޒުކުރުމަށް މަސައްކަތްކުރުން.

7- ރަށުގެ ބިން އިތުރުކުރުމަށާއި، ބިމާއި، ފަޅާއި، ފަރުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި ހަދަންޖެހޭ އެންމެހައި ޕްލޭންތައް ތައްޔާރުކޮށް، އެ ޕްލޭންތައް ކާމިޔާބުކުރުމަށްޓަކައި ހޯދަންޖެހޭ ފަންޑްތައް ހޯދުމަށް ސަރުކާރާއި ބައިނަލްއަޤްވާމީ ފަރާތްތަކަށް ފޮނުވައިގެން އެހީ ހޯދުމަށާއި، އެކަންކަން ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

8- ކައުންސިލް އިދާރާގެ އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓަށް ލިބޭ ސިޓީއާއި މެސެޖްތަކަށް ޞައްޙަ މަޢުލޫމާތު އެއްކޮށް، ޔުނިޓާ ހަވާލުވެ ހުންނަ ފަރާތުގެ މަޝްވަރާއާއެކު އޯވަސީޒްކޮށް، ކައުންސިލް މެންބަރުގެ ލަފާގެމަތީން ކައުންސިލުންދޭ ޖަވާބުތައް ތައްޔާރުކޮށްފައި އެ ފަރާތްތަކަށް ފޮނުވުމާއި، ފައިލްކުރަންޖެހޭ ލިޔުންތައް ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން.

9- ކައުންސިލް އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކައުންސިލަރުންނާ ގުޅިގެން އެކުވެރިކަމާއި އެއްބާރުލުން ދެމެހެއްޓުމަށް މަސައްކަތްކޮށް، މަސައްކަތްކުރެވޭ މާޙައުލަކީ ހިތްހަމަޖެހިގެން މަސައްކަތް ކުރެވޭ މާޙައުލަކަށް ހެދުމަށް މަސައްކަތްކުރުން.

10- މަޤާމުގެ ދާއިރާގެ ތެރެއިން، އެޗް.އާރު.އެމް.ޑީ.ކޮމިޓީގެ މަސައްކަތާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދާއި އުޞޫލްތަކާ އެއްގޮތްވާގޮތުގެމަތިން ކައުންސިލަރުންނާއި އެހެނިހެން ވެރިން އަންގަވާ މަސައްކަތްތައް ކުރުން.

11- އިންޞާފްވެރިކަމާއި، ތެދުވެރިކަމާއެކު ވަކިފަރާތަކަށްނުޖެހި، ސިޔާސީ އެންމެހައި ނުފޫޒުތަކުން އެއްކިބާވެހުރެ މަތީގައިވާ މަސައްކަތްތައް ކުރުން.

މަޤާމް:

އިކޮނޮމިކް ޑިވޮލޮޕްމެންޓް އޮފިސަރ

މަޤާމުގެ ގިންތި:

ވަގުތީ (ވޭޖް އުޞޫލުން 3 މަސްދުވަހަށް)

މަޤަމުގެ ކުލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

އެމް. އެސް. 1 (މެނޭޖިރިއަލް ސަރވިސް)

ސެކްޝަން:

މަކުނުދޫ ކައުންސިލްގެ އިދާރާ

ޔުނިޓް:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

މުސާރަ (މަސައްކަތް ކުރާ ދުވަހަކަށް):

66/253 (ދުއިސައްތަ ފަންސާސް ތިން ރުފިޔާ ފަސްދޮޅަސް ހަ ލާރި)

ސަރވިސް އެލަވަންސް:

-

ބޭނުންވާ އަދަދު:

1 (އެކެއް)

 

މަޤާމުގެ ޝަރުޠު:

1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

4. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާގައި ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:   

1. އަތޮޅު ކައުންސިލްގެ ލަފަޔާއި އިރުޝާދުގެމަތިން ރަށު ކައުންސިލުން ކަނޑައަޅާގޮތެއްގެމަތިން ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި، ރަށުގެ ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތްވާގޮތުގެމަތިން ސަރުކާރުގެ ބިމާބެހޭ ޤައުމީ އިދާރާއިން ރަށު ކައުންސިލަށް ހަވާލުކޮށްފައިވާ ފަޅާއި ބިން އެކިބޭނުމަށް ކުއަޔަށް ދޫކުރުމާއި ދިނުން.

2- ކައުންސިލުގެ ބެލުމުގެދަށުން ޚިދުމަތްދެވޭ ތަންތަނާއި، ކައުންސިލުގެ އުޅަނދުފަހަރާއި، ރަށުގެ މަގުތަކާއި ޕާކްފަދަ އާންމު ތަންތަނަށް ކައުންސިލުން ކަނޑައަޅާ ނަންދިނުމާއި ނަން ބަދަލުކުރުން.

3- ރަށުގެ މަގުތަކާއި ޕާކްތަކާއި މައިދާންފަދަ ތަންތަން، ކައުންސިލުން އަންގާގޮތެއްގެމަތިން ވަގުތީގޮތުން ނުވަތަ ދާއިމީގޮތުން ހުޅުވުމާއި ބަންދުކުރުން.

4- ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެމަތިން ރަށުގެ ފަރާއި ފަޅުފަދަ ޤުދުރަތީ ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުން.

5- ރަށުގެ މަގުހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުން.

6- އެކަށީގެންވާ ރައްކައުތެރިގޮތުގައި ރައްޔިތުންނަށް އުނދަގޫ ނުފޯރާނޭ ގޮތުގެމަތިން ރަށުފެންވަރުގައި ކުނި ނައްތައިލުން.

7- ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ އެއްގޮތްވާގޮތުގެމަތިން އަދި ރަށުގެ ލޭންޑުޔޫސްޕަލޭނާއި ތަޢާރަޒުނުވާ ގޮތެއްގެމަތިން ރަށުން ބިންދޫކުރުމާއި، ބިމާއި އިމާރާތް ރަޖިސްޓްރީކުރުމާއި، ދިވެހިރާއްޖޭގެ އިމާރާތްކުރުމުގެ ގަވާއިދުތަކާއި ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހައި ގަވާއިދުތަކާ އެއްގޮތްވާގޮތުގެމަތިން ރަށުގައި އިމާރާތްކުރުމުގެ ކަންކަން ބަލަހައްޓައި، އެކިއެކި ފަރާތްތަކުން ރަށުގެ ބިމާގުޅޭގޮތުން ހިންގާ ބިމާބެހޭ އެންމެހައި މުޢާމަލާތްތަކުގެ ރެކޯޑްތައް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި މިނޫންވެސް ޤާނޫނުތަކުގައިވާ ގޮތުގެ މަތިން ބެލެހެއްޓުން.

8- މަގުމަތި ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި، ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި، ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުން.

9- މަގުމަތީގައި މީހުން ހިނގާއުޅުމާއި މަގުމަތީގައި އިންޖީނުލީ އެއްޗެއްސާއި އިންޖީނުނުލާ އެއްޗެތި ދުއްވުމުގެ ކަންކަން ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން އިންތިޒާމްކޮށް ބެލެހެއްޓުމާއި، އާންމުންގެ އަތުން ފީނަގައިގެން، އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުންދޭ ޚިދުމަތް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިންތިޒާމްކޮށް ބެލެހެއްޓުން.

10-  އޮފީހަށާއި، މުވައްޒަފުގެ މަސައްކަތާ ގުޅޭގޮތުން ލިބޭ ތަކެތި ބަލައިގަނެ، އެ ތަކެތިހުޅުވައި، އެންޓްރީ ސިސްޓަކުގައި ރަޖިސްޓްރީކުރުން.

11- މުވައްޒަފުގެ މަސައްކަތާގުޅޭ ލިޔެކިޔުންތައް ސާފުތާހިރުކޮށް ބެލެހެއްޓުމާއެކު، ހޯދަން ބޭނުންވާ ވަގުތު ފަސޭހައިން ފެންނާނޭހެން ފައިލްކުރުމާއި، ފައިލް ސިސްޓަމް ޤާއިމްކޮށް ގަވާއިދުން ބެލެހެއްޓުމާއި، ބޭނުންވެއްޖެ ޙާލަތެއްގައި ބޭނުންވާ ސެކްޝަނަކަށް ފޮޓޯކޮޕީ ނެގުމަށްފަހު އެ މަޢުލޫމާތެއް ނުވަތަ އެ އެއްޗެއް ހަވާލުކުރުން.

12- ކައުންސިލުން ބަލަހައްޓަމުންދާ އެންމެހައި އިމާރާތްތަކުގެ މެއިންޓެނެންސް ބެލެހެއްޓުން.

ސުންގަޑި:

2016 އެޕްރީލް 19 ވާ އަންގާރަ ދުވަހުގެ 14.00 ގެ ކުރިން، ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު

2- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

3- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ

4- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

5- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް: ވަޒީފާގެ އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން، އިންޓަވިއުއަށް ހާޒިރުވާއިރު، މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

އިންޓަވިއު:

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ އިންޓަވިއުއަށް ހާޒިރުވާންޖެހޭ ގަޑިއާއި ތާރީޚު ފަހުން އެންގޭނެއެވެ.

އިތުރު މަޢުލޫމާތު:
- މި ވަޒީފާއަށް ހޮވޭ ފަރާތްތަކުން މަސައްކަތްތަށް ނުކުންނަންޖެހޭނީ، ކައުންސިލްގެ އިދާރާއިން އަންގާ ދުވަސްތަކުގައެވެ. މުއްދަތު ގުނޭނީ، ވަޒީފާއަށް ނުކުންނަ ދުވަސްތަކަށެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ، މި އިދާރާގެ 6520038 ނަންބަރު ފޯނާ، ރަސްމީ ގަޑީގައި ގުޅުން އެދެމެވެ.

4 ރަޖަބު 1437

11 އޭޕްރިލް 2016
ހޯދާ