ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޗާންސެލަރ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2015/11/SC (31 އޮގަސްޓު 2015) ސަރކިއުލަރއިން ޤާއިމުކުރެއްވުމަށް ކަނޑައެޅުއްވި ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ ވުޖޫދަށް އައުމާ ގުޅިގެން އެ އެކަޑަމީގެ ތަންފީޒީ އިސް މުވައްޒަފުންގެ އޮނިގަނޑުގައި ހިމެނޭ ޗާންސެލަރގެ މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

ވަޒީފާގެ ފުރުޞަތު

1.  މަޤާމު

ޗާންސެލަރ

އަދަދު

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަން

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ

އަސާސީ މުސާރަ

-/36،000 ރުފިޔާ

އެލަވަންސް

- ލިވިންގ އެލަވަނަސް: -/15,000

- ރިސްކް އެލަވަންސް: -/3،300

            ފޯނު އެލަވަންސް: -/1,000 -

އަސާސީ ޝަރުޠު

 

 

1- މަދުވެގެން 5 އަހަރު ދުވަހުގެ މުއްދަތަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ފަނޑިޔާރުކަންކޮށް ތަޖުރިބާ ލިބިފައިވާ އަދި ފަނޑިޔާރުކަމުގެ މަޤާމުން ރިޓަޔަރވެފައިވާ މީހަކު ކަމުގައިވުން، ނުވަތަ

2- ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ތަޢުލީމު ދިނުމުގެ މަސައްކަތުގައި މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މުއްދަތު

  • މިމަޤާމުގެ މުއްދަތަކީ މަޤާމަށް ޢައްޔަންކުރެވޭ ދުވަހުން ފެށިގެން މީލާދީ 05 އަހަރެވެ. ނަމަވެސް މިމަޤާމަށް ޢައްޔަން ކުރެވޭ ފަރާތުން މަޤާމުގެ މަސްއޫލިއްޔަތު އަދާކޮށްފައިވާ މިންވަރު ވަޒަންކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ލަފާގެ މަތިން، އެމީހަކު އިތުރު ދައުރަކަށް ޢައްޔަންކުރުމުގެ އިޚުތިޔާރު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް ލިބިގެންވެއެވެ.

މަޤާމުތަކުގެ މައިގަނޑު މަސްއޫލިއްޔަތު

ދިވެހިރާއްޖޭގެ ފަނޑިޔާރުންނާއި، ޤާނޫނީ ވަކީލުންނާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް "ކޮންޓިނުއިންގ ޖުޑީޝަލް އެޑިޔުކޭޝަން" ޕްރޮގްރާމްތައް އެކުލަވާލައި ތަންފީޛުކުރުމުގެ އެންމެހާ މަސައްކަތްތައް ޖުޑީޝަލް އެކަޑަމީގެ އިސްތިޝާރީ މަޖުލިހުން ނިންމަވާ ގޮތެއްގެ މަތިން ހިންގުން. 

ހުށަހަޅަންޖެހޭ ތަކެތި

 

 

1- ވަޒީފާއަށް ޝައުޤުހުރިކަން ފާޅުކޮށް ހުށަހަޅާ ސިޓީ.

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)

5- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

21 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.  

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ސިޓީ އެޑްރެސް ކުރައްވާނީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދަށެވެ.  
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3006280 ، 3006281
  • މަޤާމުތަކުގެ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކަށް ފޯނުން އަންގާނެ ވާހަކަ ދެންނެވީމެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

މި މަޤާމަށް އެކަށީގެންވާ ފަރާތެއް ހޮވުމުގައި އެފަރާތެއްގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، އިސްނެގުމަށާއި، ލީޑަރޝިޕަށާއި، ހިންގުމުގެ ތަޖުރިބާއާއި ނަތީޖާ ހާސިލުކޮށްފައިވާ މިންވަރަށް ރިޢާޔަތް ކުރެވޭނެއެވެ.

މިމަޤާމަށް މީހުން އައްޔަންކުރާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ލަފާގެ މަތިން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރެވެ.

13 އޭޕްރިލް 2016
ހޯދާ