ހިރިމަރަދޫ ސުކޫލް، ހދ. ހިރިމަރަދޫ
ދިވެހިރާއްޖެ
ފެނުގެ ނިޒާމު ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ފެނުގެ ނިޒާމު ޤާއިމުކުރުން:

އަމިއްލަ ތަކެތީގައި ހދ. ހިރިމަރަދޫ ސްކޫލުގެ ފެނުގެ ނިޒާމު ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި ކުރި އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރަން ވަޑައިގެންފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، ދެވަނަ ފަހަރަށް އެފުރުޞަތު ހުޅުވާލަމެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

- މިހާރު ހުރި ތާނގީތަކުގެ ބުޑު ނަގައި ތަން ސާފުކުރުން.

- 3 ހަން ބެހެއްޓުމަށްޓަކައި ބުޑު އަޅައި މަތި ހިޔާކުރުން.

- ފެންވައިރުކުރުމާއި ފެންނެގުމަށް ދިޔަދޮތްވާ ގުޅާލުން.

- ފެންބުއިމަށް ކޫލަރު އަދި އިސްކުރުބަރި ހަރުކޮށް މަތި ހިޔާރުކުރުން.              

ވީމާ، މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ހިރިމަރަދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން ހިރިމަރަދޫ ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

19 އެޕްރީލް 2016 (އަންގާރަ) ދުވަހުގެ 13:30 އަށް

28 އެޕްރީލް 2016 (ބުރާސްފަތި) ދުވަހުގެ 13:30 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ ކާޑުގެ ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 08:00 ން 14:00 އަށް 6520536 ، 9839886 ނަންބަރު ފޯނާއެވެ.

10 އޭޕްރިލް 2016
ހޯދާ