މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ފަރާތުން ހިންގާ ދިވެހިރާއްޖެއަށް ބާނާ ކަނޑުމަހާއި ކަންނެލީގެ ބައޮލޮޖިކަލް މަޢުލޫމާތު ނެގުމުގެ ޕްރޮގްރާމުގެ ދަށުން، ޅ.ފެލިވަރު މަސްގަންނަ ބަނދަރަށް ލަފާ ދޯނިފަހަރުން ގެންނަ މަހުގެ މަޢުލޫމާތު ނެގުމަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)30-C/30/2016/10  އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ސިޓީ ހުށަހަޅާފައިނުވާތީ މިއިޢުލާން ބާޠިލުކޮށް، އަލުން މިފުރުޞަތު ހުޅުވާލަމެވެ.

ބޭނުންވާ އަދަދު: 02

މުއްދަތު: 31 ޑިސެންބަރު 2016 ގެ ނިޔަލަށް (އެގްރީމަންޓް ކުރެވޭ ދުވަހުން ފެށިގެން)

މަސައްކަތް ކުރަންޖެހޭ ވަގުތު:  ހަފުތާއަކު ފަސްދުވަސް

މަސައްކަތުގެ އުޖޫރަ: މަހަކު -/2000 (ދެހާސް ރުފިޔާ) ، ފައިސާ ދެވޭނީ ހިސާބުތައް ނެގުމަށްފަހު ފޯމުތައް މެރިން ރިސަރޗް ސެންޓަރަށް ލިބުމުން. ފައިސާ ޖަމާކުރެވޭނީ މަސައްކަތްކުރާ ފަރާތުގެ އެކައުންޓަށް.

ހުށަހަޅަންޖެހޭ ތަކެތި: މަސައްކަތަށް އެދި ހުށަހަޅާ ސިޓީ، ވަނަވަރު އަދި ތަޢުލީމީ ސެޓްފިކެޓްތައް

ވަޒީފާއެއްގައި އުޅޭ މުވައްޒަފެއް މި މަސައްކަތަށް ކުރިމަތިލާނަމަ ކުންފުނީގެ އިއުތިރާޒެއް ނެތްކަމުގެ ލިއުން.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އެޕްރީލް 21 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ، މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެއްޗާއެކު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރަށް ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ނަންބަރު 2242-332 އަށް ގުޅުއްވުން އެދެމެވެ.

11 އޭޕްރިލް 2016
ހޯދާ