ދިވެހިރާއްޖެ
ރިކުއެސްޓް ފޮރ ޕްރޮޕޯސަލް (އާރް. އެފް. ޕީ)
އިންވެސްޓްމަންޓް ސޭލްސް ސާރވިސް ފޮރ ދި މިނިސްޓްރީ އޮފް ޓޫރިޒަމް
މިމިނިސްޓްރީގެ ނަންބަރު (IUL) 88-PS/88/2016/10 (08 މާރިޗު 2016) އިޢުލާނާ ގުޅިގެން އެކަށީގެންވާވަރަށް ތަރުޙީބު ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ދިވެހިރާއްޖޭގެ ސަރުކާރު ތަމްސީލުކުރާ މިނިސްޓްރީ އޮފް ޓޫރިޒަމުން ތިރީގައި ބަޔާންކުރެވިފައިވާ 2 ޕްރޮޖެކްޓަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ބައިނަލްއަޤްވާމީ ހުރިހާ ފާރމްތަކާއި، ކުންފުނިތަކާއި، ޕާރޓްނަރޝިޕްތަކަށް ދަޢުވަތު އަރުވަމަވެ. އަދި ތިރީގައި ބަޔާންކުރެވިފައިވާ 2 ޕްރޮޖެކްޓަށްވެސް ވަކިވަކިން އަދި އެއްކޮށްވެސް ޕްރޮޕޯޒަލް ހުށަހެޅިދާނެއެވެ.
ހ. ދިވެހިރާއްޖޭގެ ސަރުކާރުން ފަޅު ހިއްކައިގެން ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅުއްވާފައިވާ ފަޅުތައް ތަރައްޤީކުރުމަށް އިންވެސްޓަރުން ހޯދުން.
ށ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރޫޒް ޓާމިނަލަކާއި ޔޮޓް މެރީނާއެއް ޤާއިމުކޮށް ތަރައްޤީކުރުމަށް އިންވެސްޓަރެއް ނުވަތަ އިންވެސްޓަރުން ހޯދުން.
ހޮވުމުގައި ބެލެވޭނެ ޝަރުޠުތައް:
1. ބައިނަލްއަޤުވާމީގޮތުން ފާހަގަ ކުރެވޭވަރުގެ އިންވެސްޓްމަންޓް ސޭލްސްތަކެއް ކުރެވިފައިވާ ފާރމް، ކުންފުނި ނުވަތަ ޕާރޓްނަރޝިޕަކަށްވުން.
2. ރާއްޖެއަށް އިންވެސްޓަރުން ގެނެވޭވަރުގެ ފަރާތަކަށްވުން.
3. ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި ފަތުރުވެރިކަން ނުވަތަ ގެދޮރު ތަރައްޤީކުރުމާއި އަދި ގުޅުންހުރި ކަމަކަށް 500 މިލިޔަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓްތަކެއް ކޮށްފައިވުން.
އެންމެ ރަނގަޅު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
1. ޚިދުމަތްދިނުމަށް ހުށަހަޅާ ފީ.
2. ލިބިފައިވާ ވަގުތުގެ ތެރޭގައި އެންމެ އެކަށީގެންވާވަރުގެ އިންވެސްޓަރެއް ހޯދިފައިވުން.
ޕްރޮޕޯޒަލްގައި ހިމެނިފައި ހުންނަންޖެހޭ ކަންތައްތައް:
އެޕްލިކޭޝަން ލެޓަރ – މި ޕްރޮޖެކްޓުގައި އިސްކޮށް އުޅުއްވާނެ ބޭފުޅެއްގެ ނަން، އެޑްރެސް، ގުޅޭނެ ނަންބަރު، އީމެއިލް އެޑްރެސް ހިމެނިފައިވާންވާނެއެވެ.
ކޮމްޕެނީ ޕްރޮފައިލް - ފާރމް، ކުންފުނި ނުވަތަ ޕާރޓްނަރޝިޕްގެ މަޢުލޫލާތު، ތަޖުރިބާ، ކެޕޭސިޓީ އަދި އިސް މެނޭޖުމަންޓުގެ ތަޢާރަފު.
ތަޖުރިބާ – ވޭތުވެދިޔަ 3 އަހަރުގައި ފަތުރުވެރިކަން ނުވަތަ ގެދޮރު ތަރައްޤީކުރުމާ ގުޅުންހުރިކަމެއް ކޮށްފައިވާނަމަ ކުރި ކަންތައްތަކުގެ މަޢުލޫމާތު. (އެ ޕްރޮޖަކްޓުތަކުގެ ޕާރފޯމަންސް ރިޕޯޓަކާއެކު)، އަދި ރިފަރެންސްގެ ގޮތުގައި ދީފައިވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމުގެ ގޮތުން ގުޅޭނެ ވާހަކަ ދެންނެވީމެވެ.
ފީ – ފީގެ ގޮތުގައި ދައްކަން ނިންމާފައިވާ އަދަދު.
ޕްރޮޕޯޒަލްގެ ބަސް:
ޕްރޮޕޯޒަލް ހުށަހެޅެންވާނީ އިނގިރޭސިބަހުންނެވެ.
ޕްރޮޕޯޒަލް ހުށަހެޅުން:
ހުރިހާ ޕްރޮޕޯޒަލެއްވެސް ހުށަހެޅެންވާނީ ސިޓީއުރަޔަކަށް ލެވި ރަނގަޅަށް ބަންދުކުރެވި ތިރީގައި ބަޔާން ކުރެވިފައިވާގޮތަށް ޕްރޮޖެކްޓްތައް ވަކިން ސިޓީގައި ފާހަގަ ކުރެވިގެންނެވެ.
“TO BE OPENED ONLY BY AUTHORIZED PERSONNEL
PROPOSAL TO SEEK A SERVICE PROVIDER FOR THE MINISTRY OF TOURISM- PROJECT A”
ނުވަތަ
“TO BE OPENED ONLY BY AUTHORIZED PERSONNEL
PROPOSAL TO SEEK A SERVICE PROVIDER FOR THE MINISTRY OF TOURISM- PROJECT B”
އަދި ޕްރޮޕޯޒަލް ހުށަހެޅޭއިރުގައި ތިރީގައި ބަޔާންކުރެވިފައިވާގޮތަށް މިނިސްޓްރީ އޮފް ޓޫރިޒަމަށް އެޑްރެސްކުރެވެން ވާނެއެވެ.
Ministry of Tourism
5th Floor Velaanaage
Male’, Republic of Maldives
Tel: + 960 3323224, Fax: + 960 3322512
މި އާރް. އެފް. ޕީ އާ ބެހޭގޮތުން އިތުރަށް މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާނަމަ، މި އިޢުލާން ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވޭ ދުވަހުން ފެށިގެން ސަރުކާރު ބަންދުނޫން 4 ދުވަހުގެ ތެރޭގައި ލިޔުމަކުން ތިރީގައި މިދަންނަވާ ފަރާތަށް ހުށަހަޅައިދެއްވުން އެދެމެވެ.
Mr. Ahmed Salih
Permanent Secretary
Ministry of Tourism
5th Floor Velaanaage
Male’, Republic of Maldives
Tel: + 960 3323224, Fax: + 960 3322512
Email: [email protected]
ޕްރޮޕޯޒަލް ހުށަހެޅޭނެ އެންމެފަހު ތާރީޚު:
ޕްރޮޕޯސަލް ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ މި އިޢުލާން ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވޭ ދުވަހުން ފެށިގެން ސަރުކާރު ބަންދުނޫން 7 ދުވަހުގެ ތެރޭގައެވެ. އަދި މި ޕްރޮޕޯޒަލްތައް ބަލައިގަނެވޭނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ:
ގަޑި: 08:30 – 14:00
ތަން: މިނިސްޓްރީ އޮފް ޓޫރިޒަމް، ވެލާނާގެ، 5 ވަނަ ފަންގިފިލާ، މާލެ، ދިވެހިރާއްޖެ.
ހުށަހެޅޭ ޕްރޮޕޯޒަލްތައް ހުޅުވުން:
ޕްރޮޕޯޒަލްތައް ހުޅުވޭނީ ޕްރޮޕޯޒަލް ހުށަހެޅުމުގެ ވަގުތު ހަމަވުމުންނެވެ.
ޑިސްކޮލިފިކޭޝަން:
ޕްރޮޕޯޒަލްގައި އެއްވެސް މައްސަލައެއް އުޅޭކަން ފާހަގަވެއްޖެނަމަ ޕްރޮޕޯޒަލްތައް ޑިސްކޮލިފައި ކުރެވޭނެއެވެ.
ވިނިންގ ޕްރޮޕޯޒަލް:
އެންމެ ރަނގަޅު ޕްރޮޕޯޒަލްތަކެއް ހޮވޭނީ އިވެލުއޭޝަން ޕެނަލަކުންނެވެ. އަދި ހޮވުމުގައި އިވެލުއޭޝަން ކްރައިޓީރިއަށާއި އެހެނިހެން ކަންތައްތަކަށް ބެލެވޭނެއެވެ.