މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މެރިކަލްޗަރ ޑިވެލޮޕްމަންޓް އެންޓަރޕްރައިސަސް ޕްރޮގްރާމްގެ ދަށުން ހަދާ އެކުއަޓިކް އެނިމަލް ކަރަންޓީނު ފެސިލިޓީއާގުޅޭ

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ފަރާތުން ހުޅުލޭގައި ޤާއިމުކުރާ އެކުއަޓިކް އެނިމަލް ކަރަންޓީނު ފެސިލިޓީގެ އީ.އައި.އޭ، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ގަވާއިދުތަކާއި، ގައިޑްލައިންތަކާއި، އަދި އެފަރާތުން ދޭ ޓާރމްސް އޮފް ރިފަރެންސާ އެއްގޮތަށް ހަދާނެ ފަރާތެއް ހޯދަން 24 މާރިޗު 2016ގައި ކުރެވުނު އިޢުލާން (IUL)30-G/1/2016/10  އަށް އެކަށީގެންވާވަރަށް ބޭފުޅުން ކުރިމަތިލާފައިނުވާތީ، މިމަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމަވެ.

ވީމާ، މިކަންތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އެޕްރީލް 11ވާ ހޯމަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (ހ.ވައިޓް ވޭވްސް، މޫންލައިޓް ހިނގުން، މެރިން ރިސަރޗް ސެންޓަރ ހުންނަ އިމާރާތް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އެޕްރީލް 18ވާ ހޯމަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓަށް ވަޑައިގެން ދެއްވުން އެދެމެވެ. އަންދާސީހިސާބު ހުޅުވޭނީ ހާޒިރުވެވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރުގައި ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓްގައެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ދަންނަވާފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

29 ޖުމާދަލްއާޚިރާ 1437

07 އޭޕްރިލް 2016
ހޯދާ