މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީ އަށްް ޒޯން 3 އިން ލިބިފައިވާ ފެރީ ޓާމިނަލްތައް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުން (ދެވަނަ ގޮވާލުން)

އެމްޓީސީސީއަށް ފެރީ ޓާމިނަލް ތަރައްޤީކޮށް ހިންގުމަށް ޒޯން 3 އިން ލިބިފައިވާ ބިންތައް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު: MTCC-PD/IU/2016/0039  އާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ނުލިބުމުގެ ސަބަބުން އެ އިޢުލާނު ބާޠިލުކުރުމަށްފަހު އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 އެޕްރީލް 2016 ވަނަ ދުވަހުގެ 14:00 އަށް، އެމްޓީސީސީ ހެޑްއޮފީހުގެ 7 ވަނަ ފަންގިފިލާ (ބޯޑް މީޓިންގރޫމް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 03 މޭ 2016 ވަނަ ދުވަހުގެ 14:00 އަށް ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.

03 އޭޕްރިލް 2016
ހޯދާ