މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވަގުތީ މުވައްޒަފުން ހޯދުމަށް

އިޢުލާން

ކޮންޓްރެކްޓްކޮށް މަސައްކަތް ކޮށްދޭނެ މުވައްޒަފުން ބޭނުންވެއްޖެ.

މި މިނިސްޓްރީގެ ފިޒިކަލް ފެސިލިޓީޒް ޑިވެލޮޕްމަންޓް ސެކްޝަނުން ހިންގާ ޕްރޮޖެކްޓްތަކާ ގުޅޭ މަސައްކަތްތައް ކުރުމަށް 3 މަސްދުވަހުގެ މުއްދަތަށް މަސައްކަތް ކޮށްދޭނެ ތިރީގައި މިދަންނަވާ ޝަރުޠުތައް ފުރިހަމަވާ 2 ފަރާތެއް ބޭނުންވެއްޖެއެވެ. މި މަސައްކަތް ކުރައްވާ ކޮންމެ ދުވަހަކަށް (ކޮންމެ 6 ގަޑިއިރަކަށް) -/296 ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ މަސައްކަތަށް ފައިސާ ލިބޭނެއެވެ. ޢާންމު ގޮތެއްގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ރަސްމީގަޑި (ހެނދުނު 08:00 ން 14:00) ގައެވެ.

މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠު:

- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާ އިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކަންޑަރީ ސެޓުފިކެޓުގެ 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީގެ މައިކްރޮސޮފްޓް އޮފީސް ޕެކޭޖް ނުވަތަ ގުޅުންހުރި ދާއިރާއެއްގެ ސެޓުފިކެޓު ލިބިފައިވުން.

އިންޓަރވިއު ކުރުން.

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 20 އެޕްރީލް 2016 – 15 މޭ 2016  (ވެލާނާގޭގެ 8 ވަނަ ފަންގިފިލާ) ގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 އެޕްރީލް 2016 ވަނަ ދުވަހުގެ 13:30 ގެ ކުރިން ލިޔުމަކުން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ވަޒީފާގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީއާއި އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341423 އަދި 3341427 ފޯނަށް ގުޅުއްވުން އެދެމެވެ.

މަސައްކަތްތައް ފަރުވާ ބަހައްޓައިގެން ކުރާނަމަ ކޮންޓްރެކްޓް މުއްދަތު އިތުރު ކުރެވޭނެކަމުގައި ދަންނަވަމެވެ.

25 ޖުމާދަލްއާޚިރާ 1437

03 އޭޕްރިލް 2016
ހޯދާ