ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މެނޭޖަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: މެނޭޖަރ

މުސާރައާއި އެލަވަންސް:

މަހަކު -/17500 ރުފިޔާ

މަޤާމުގެ ރޭންކް:

EX 4

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް:

އައްޑޫ މީޑިއާ ސެންޓަރ

މަޤާމުގެ ޝަރުޠު:

މަސްއޫލިއްތުތަކާއި ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީއެއް (ދިވެހިރާއްޖޭގެ ޤައުމީ ސަނަދަތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް) ހާސިލުކޮށްފައިވުން ނުވަތަ ކަނޑައެޅިފައިވާ ދާއިރާގެ މަސައްކަތުގައި 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

- މީޑިއާ ސެންޓަރުގެ މަސައްކަތްތައް އިސްވެ ހިންގައި، ބަލަހައްޓައި، އިންތިޒާމުކުރުން.

- މީޑިއާ ސެންޓަރުން ފޮނުވާ ޕްރޮގްރާމްތަކުގެ ފެންވަރު ރަންގަޅުކޮށް، ޕަބްލިކް ސަރވިސް މީޑިއާގެ މަޢުލޫމާތު ފެތުރުމުގެ ސިޔާސަތާ އެއްގޮތަށް ޕްރޮގްރާމްތައް އުފައްދައި، ފޮނުވޭނެ އުޞޫލުތައް ހަމަޖެހިފައިވާގޮތަށް މުވައްޒަފުންގެ މެދުގައި އެކަށައަޅައި، އެ އުޞޫލާ އެއްގޮތަށް މަސައްކަތް ކުރުވުން.

- މީޑިއާ ސެންޓަރަށް ކަނޑއެޅިފައިވާ އެ އަރޓައިމް އެލޮކޭޝަން މިންގަނޑާ އެއްވަރަށް އެކި ކެޓަގަރީތަކުގެ ޕްރޮގްރާމްތައް ބެހެއްޓޭނެ އުޞޫލެއް ކަނޑައަޅައި، އެ އުޞޫލުން މަސައްކަތް ކުރުވުން.

- ސުޕަވައިޒަރުންނާއި، އިދާރީ މުވައްޒަފުންގެ މަސައްކަތް ސުޕަރވައިޒްކުރުން.

- އިދާރީގޮތުން ދުވަހުން ދުވަހަށް ކުރަންޖެހޭ އާންމު މަސައްކަތްތަކާއި ވަކިއުޞޫލަކުން ދާއިމީކޮށް ކުރަންޖެހޭ މަސައްކަތްތައް، ކަމާގުޅޭ މުވައްޒަފުން ލައްވައި ކުރުވައި، ކުންފުނީގެ ގަވާއިދުތައް ތަންފީޒުކުރުވުން.

- ޕްރޮގްރާމްތައް ޕްރޮމޯޓްކުރުމުގެ މަސައްކަތް، ޕްރޮޑިއުސަރުން މެދުވެރިކޮށް ކުރުވައި، އެކަންކަމުގެ ރެކޯޑް ބެލެހެއްޓޭނެ އިންތިޒާމެއް އެކަށައަޅައި، އެ މަސައްކަތް ކުރުވުން.

މި މަޤާމަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު:

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މި ދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީ.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓްފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް.
  • މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތަށެވެ.

ސުންގަޑި:

 

މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 އެޕްރީލް 12 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދުމަށް 3000210 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

22 ޖުމާދަލްއާޚިރާ 1437

31 މާރިޗު 2016
ހޯދާ