މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮކިއުމަންޓް އޮފިސަރ

އިޢުލާން

   މަޤާމު:                     އެސިސްޓެންޓް ޕްރޮކިއުމަންޓް އޮފިސަރ

   ބޭނުންވާ އަދަދު:                01

   ރޭންކް:                     ޖީ. އެސް 4

   ކްލެސިފިކޭޝަން:                އޮފިސަރ ގްރޭޑް 2

   މުސާރަ:                    -/5020 ރުފިޔާ

   ސަރވިސް އެލަވަންސް:            -/1500 ރުފިޔާ

   ވަޒީފާ އޮތް އޮފީސް:              މިނިސްޓްރީ އޮފް އެޑިޔުކޭޝަން

   ގިންތި:                     ދާއިމީ

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:      ޕްރޮކިއުމަންޓް ޑިވިޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އެޑިޔުކޭޝަން މިނިސްޓްރީގެ ހުރިހާ ސެކްޝަންތަކާއި އެމް. ކިޔޫ. އޭ ގެ ފަންސަވީސްހާސް ރުފިޔާއިން ދަށުގެ އެގްރީމެންޓް ކުރަންޖެހޭ މަސައްކަތްތައް އެގްރީމެންޓްކޮށް އެމަސައްކަތް ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކޮށް އެމަސައްކަތާ ގުޅޭ އެންމެހާ ކަންތައްތައް ކުރުން.
  2. މިނިސްޓްރީގެ ހުރިހާ ސެކްޝަންތަކަކުން ބާއްވާ ވާރކްޝޮޕް ސެމިނަރ، އަދި ޖަލްސާ ފަދަ ކަންކަމުގެ ކެއުމާއި ސަޔާބެހޭ އެންމެހާ ކަންތައްތައް ކުރުން.
  3. މިނިސްޓްރީ އާއި މިނިސްޓްރީގެ ސެކްޝަންތަކަށް ބޭނުންވާ ތަކެތި ހޯދުމުގެ އެންމެހާ މަސައްކަތް ކުރުން.
  4. ސެކްޝަނަށް ހޯދޭ ތަކެތީގެ އިންވެންޓްރީ ނަގައި، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ތަކެތި ސެކްޝަން ހިންގަވާ ވެރިއަކަށް ރިޕޯޓް ކުރުމަށްފަހު ނީލަން ކިއުމުގެ ކަންތައް ކުރިއަށް ގެންދިއުން. މިކަމާބެހޭ ލިޔެކިޔުންތައް ގަވާއިދުން ބެލެހެއްޓުން. އަދި ހޯދޭ ތަކެތި އިންވެންޓްރީގައި ހިމަނައި، ނައްތާލެވޭ ތަކެތި އިންވެންޓްރީން އުނިކުރުމުގެ މަސައްކަތް ކުރުމާއި އެކަން ހިނގާނުހިނގާގޮތް ސެކްޝަންގެ ވެރިޔާއަށް އެންގުން.
  5. އެމުވައްޒަފަކު ހަވާލުވެފައިވާ މިސައްކަތުގެ ބިލްތައް އައުމުން ސަޕޯޓިންގ ޑޮކިއުމެންޓް ހަމަކޮށް ބަޖެޓް ސެކްޝަނަށް ފޮނުވުމާއި ޕޭމެންޓް ކަންތައް ކުރިއަށްދާގޮތް ބެލުން.
  6. މުވައްޒަފަކު ކުރަން ހަވާލުވެފައިވާ މަސައްކަތުގެ ލިޔެކިޔުން ފައިލް ކުރުމާއި ފައިލްތައް ބެލެހެއްޓުން.
  7. އޮފީސް ހުޅުވައި ލެއްޕުމާ ބެހޭގޮތުން ހެދިފައިވާ ތާވަލުގައިވާ ގޮތުގެމަތިން އޮފީސް ހުޅުވައި ލެއްޕުމުގެ މަސައްކަތް ކުރުން.

ޝަރުޠު:

1. ޕްރޮކިޔުމަންޓް ލޮޖެސްޓިކް މެނޭޖްމަންޓް/ އެކައުންޓިންގ/ފައިނޭންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، ޕްރޮކިޔުމަންޓް ލޮޖެސްޓިކް މެނޭޖްމަންޓް/ އެކައުންޓިންގ/ފައިނޭންސް ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

އިންޓަރވިއު ކުރުން.

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 20 އެޕްރީލް 2016- 15 މޭ 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 19 އެޕްރީލް 2016 ވަނަ ދުވަހުގެ 13:30 ގެ ކުރިން.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341427 އަދި 3341423 ފޯނަށް ގުޅުއްވުން އެދެމެވެ.

25 ޖުމާދަލްއާޚިރާ 1437

03 އޭޕްރިލް 2016
ހޯދާ