އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މެޑިކަލް އޮފިސަރ – މެޑިކަލް ޑިޕާޓްމަންޓް

މެޑިކަލް އޮފިސަރ – މެޑިކަލް ޑިޕާޓްމަންޓް

މަޤާމުގެ ޚުލާޞާ:  މިމަޤާމަކީ ބަލިމީހުން ބެލުމާއި ފަރުވާ ދިނުމަށްޓަކައި ޚާއްޞަ ކުރެވިފައިވާ މަޤާމެކެވެ.

މަޤާމުގެ ޝަރުޠު:

  • މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލުކޮށްފައިވުން އަދި،
  • މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ ޓީޗިންގ ހޮސްޕިޓަލެއްގައި 1 އަހަރު ދުވަހުގެ އިންޓަރންޝިޕް ފުރިހަމަކޮށްފައިވުން އަދި،
  • މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓަރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން

ވަޒީފާގެ ޒިންމާތައް: 

  • މިނިސްޓްރީ އޮފް ހެލްތާއި އެޗް.ޕީ.އޭގެ ގައިޑްލައިންތަކާއި މެޑިކަލް އޮފިސަރުންގެ ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތްވާ ގޮތުގެ މަތިން، ބަލިމީހުންނަށް ފަރުވާދޭއިރު ޢަމަލުކުރުން.
  • އައްޔަންކޮށްފައިވާ ސީނިއަރ ސްޕެޝަލިސްޓެއްގެ ލަފަޔާ އެއްގޮތަށް މަސައްކަތްކުރުން އަދި ޑިޕާޓްމަންޓްގެ އިސްވެރިޔާއަށް ރިޕޯޓްކުރުން.
  • ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހިންގޭ ޕްރޮގްރާމްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  • މެޑިކަލްއާ ގުޅޭ ލީގަލް ކޭސްތަކުގައި ކޯޓަށް ބޭނުންވެއްޖެ ވަގުތެއްގައި ކޯޓަށް ހާޒިރުވުން. އަދި ތަޙުޤީޤީ އިދާރާތަކަށް ފޮނުވަންޖެހޭ މަޢުލޫމާތު ފޯރުކޮށްދިނުން
  • އިންވެސްޓިގޭޝަން ރިޕޯޓްސްތައް ލިބުމާއެކު، މަޝްވަރާކުރަންޖެހޭ ޚާއްޞަ ޑޮކްޓަރާ މަޝްވަރާކުރެއްވުން.
  • ކޮންމެ ޕޭޝަންޓެއްގެ، ޑައިގްނޮސްޓިކްއާއި އެހެނިހެން ޕްރޮސީޖަރސްތަކަށް ޝެޑިއުލްއާ އެއްގޮތަށް ސީނިއަރ ޑޮކްޓަރގެ ލަފާގެމަތިން ތައްޔާރުކޮށް، އަދި އެކަމާބެހޭ ޑޮކިއުމެންޓްސް ފުރިހަމަކުރުން.
  • ބަލިމީހާއަށް ފަރުވާކުރުމަށް ހުންނަވާ ޑޮކްޓަރެއްގެ ލަފައާއެކު ބަލިމީހާގެ ޙާލަތު އޭނާގެ ޢާއިލާއާއި ބަރާބަރަށް ހިއްސާކުރުން.
  • ހަވާލުކުރެވިފައިވާ މަސައްކަތްތައް ދީފައިވާ މުއްދަތުގެ ތެރޭގައި ނިންމުން
  • މީގެ އިތުރުން މެނޭޖްމަންޓުން އަންގަވާ އެހެނިހެން މަސައްކަތްތައް ކުރުމާއި، އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތަކުގައި ބައިވެރިވުން                                             

މުސާރައާއި އިނާޔަތް: ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން

ކުރިމަތިލުމުގެ ސުންގަޑި: 28 އެޕްރީލް 2016 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން

މިމަޤާމަށް ޝައުޤުވެރިވާ މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތަކެތި ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) ނުވަތަ އީމެއިލުން ނަމަ [email protected] އަށް ފޮނުއްވައި ދެއްވުން އެދެމެވެ.

1. ވަޒީފާއަށް އެދޭ ފޯމު      2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ     3. ސީވީ

4. ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ

ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރެއްވުމަށް: http://aasandha.mv/wp-content/uploads/2015/09/Job-Application

-Form-Aasandha-English.pdf

ޚާއްޞަ ސަމާލުކަމަށް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. ފުރިހަމަ ނުވާ ފޯމު އަދި ތަޢުލީމީ ސެޓުފިކެޓުތައް ބަލައިނުގަނަވޭނެއެވެ. އަދަދު ގިނަނަމަ، އިންޓަރވިއުކުރާނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކުންފުނީގެ ނަންބަރު: 1400 އަށް ގުޅުއްވުން އެދެމެވެ.

04 އޭޕްރިލް 2016
ހޯދާ