މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ސީނިއަރ ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރ

ޑިވިޝަން / ސެކްޝަން

ފުޑް ކޮންޓްރޯލް ޑިވިޝަން / ކޮލިޓީ އެޝުއަރެންސް ސެކްޝަން

ބޭނުންވާ އަދަދު

01

ރޭންކް: MS2

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

މަސައްކަތް ކުރަންޖެހޭ ތަން

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މާލޭ ރީޖަންގައި ހިމެނޭ ޕޯޓު ޔުނިޓުތައް

ތަޢުލީމާއި ތަޖުރިބާ

 

  1. ބައޮލޮޖިކަލް ސައިންސް، ލައިފް ސައިންސް ނުވަތަ ޕަބްލިކް ހެލްތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ ބައޮލޮޖިކަލް ސައިންސް، ލައިފް ސައިންސް ނުވަތަ ޕަބްލިކް ހެލްތުގެ ދާއިރާއަކުން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
  2. ބައޮލޮޖިކަލް ސައިންސް، ލައިފް ސައިންސް ނުވަތަ ޕަބްލިކް ހެލްތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ރާއްޖެއަށް އެތެރެކުރެވޭ ކާބޯތަކެތީގެ ޝިޕްމަންޓްތައް " ޕޯޓް ހެލްތު މަސައްކަތްކަތާބެހޭ އާންމު ގަވާއިދު" ގެ ދަށުން މި އޮތޯރިޓީން ހެދިފައިވާ ޕްރޮސީޖަރގައި ކަނޑައެޅިފައިވާ ގޮތަށް ރިސްކް ބޭސްޑް އުސޫލުން އިންސްޕެކްޓްކޮށް ގަވާއިދާ އެއްގޮތަށް ހުރިނަމަ ފުރިހަމަކުރަންޖެހޭ ހުރިހާ ލިޔެކިޔުން ފުރިހަމަކޮށް ކްލިއަރެންސް ދިނުން.
  • ރާއްޖެއަށް އެތެރެކުރެވޭ ކާބޯތަކެތީ، ނަންބަރު 1 ގައިވާގޮތަށް ބަލައި ފާސްކުރުމަށްފަހު، އެތަކެތީގެ ތެރެއިން ގަވާއިދަށް ނުވަތަ މިންގަނޑުތަކަށް ނުފެތޭ ކާބޯތަކެތި ހިފެހެއްޓުމަށް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ހިފެހެއްޓުމާއި، އެކަމާގުޅޭ ލިޔެކިޔުން ފުރިހަކޮށް ޑިއުޓީ ސުޕަވައިޒަރުގެ ލަފާގެ މަތިން ނިންމައި ފައިލްކޮށް ބެލެހެއްޓުން.
  • ރާއްޖެއަށް އިމްޕޯޓްކުރާ ކާބޯތަކެތީގެ މަޢުލޫމާތު (އޮތޯރިޓީން ކަނޑައަޅާފައިވާ މަޢުލޫމާތާއި ތަފާސްހިސާބުގެ ރެކޯޑު) ބެލެހެއްޓުމާއި ކަނޑައެޅިފައިވާ ގޮތުގެ މަތިން ރިޕޯޓުކުރުން.
  • މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މެންޑޭޓް ފުރިހަމަކުރުމަށް، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމާއި ބަލައި ފާސްކުރަންޖެހޭ މަސައްކަތުގައި އަދި އޯޑިޓްގައި ތާވަލުކުރެވޭގޮތުގެ މަތިން މަސައްކަތް ކުރުން.
  • ފުޑް ކޮންޓްރޯލް ޑިވިޝަންގެ އަދި ޚާއްޞަ ގޮތެއްގައި މަސައްކަތާ ގުޅުންހުރި ޝަކުވާތައް ބަލައިގަނެ ޑިއުޓީ ސުޕަވައިޒަރު/ ޔުނިޓްހެޑް/ ސެކްޝަންހެޑް/ ޑިވިޝަންހެޑްގެ ލަފާގެ މަތިން އެކަން ބެލުމަށާއި ޙައްލު ކުރުމަށް މަސައްކަތްކުރުން.
  • ޕޯޓްތަކުގެ މަސައްކަތުގައާއި، ބަލައި ފާސްކުރުމާއި އޯޑިޓް ކުރުމުގައި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ލުއިފަސޭހަކަމާއެކު ފޯރުކޮށްދެވޭ ޚިދުމަތަކަށް ހެދުމަށާއި ޚިދުމަތް ތަރައްޤީކުރުމަށް އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު ޚިދުމަތް ހޯދާ ފަރާތްތަކުގެ އިތުބާރު ހޯދުމަށް މަސައްކަތްކުރުން.
  • އޮފީހުގެ މަސައްކަތާ ގުޅޭގޮތުން، ކަނޑައެޅޭ މަސައްކަތްތައް، ޑިއުޓީ އަދި މަސައްކަތުގެ ތާވަލާ އެއްގޮތަށް މަސައްކަތްކުރުން.
  • ޚިދުމަތް ހަރުދަނާކޮށް ތަރައްޤީކުރުމަށް ހިންގާ ތަމްރީނު ޕްރޮގްގާމް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުން.
  • މުވައްޒަފުންގެ ފައިލަށް އަލަށް ފޮނުވާ ދެންނެވުން / މެމޯ އަދި އެހެނިހެން ލިޔެކިޔުންތައް ކަނޑައެޅޭ ވަގުތެއްގެ ތެރޭގައި ކިޔައި ސޮއިކޮށް އެއާ އެއްގޮތަށް ޢަމަލުކުރުން.

މަޤާމު

ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރ

ޑިވިޝަން / ސެކްޝަން

ފުޑް ކޮންޓްރޯލް ޑިވިޝަން / ކޮލިޓީ އެޝުއަރެންސް ސެކްޝަން

ބޭނުންވާ އަދަދު

01

ރޭންކް:MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

މަސައްކަތް ކުރަންޖެހޭ ތަން

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މާލޭ ރީޖަންގައި ހިމެނޭ ޕޯޓު ޔުނިޓުތައް

ތަޢުލީމާއި ތަޖުރިބާ

  1. ބައޮލޮޖިކަލް ސައިންސް، ލައިފް ސައިންސް ނުވަތަ ޕަބްލިކް ހެލްތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ،
  2. ބައޮލޮޖިކަލް ސައިންސް، ލައިފް ސައިންސް ނުވަތަ ޕަބްލިކް ހެލްތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ބައޮލޮޖިކަލް ސައިންސް، ލައިފް ސައިންސް ނުވަތަ ޕަބްލިކް ހެލްތުގެ ދާއިރާއަކުން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ރާއްޖެއަށް އެތެރެކުރެވޭ ކާބޯތަކެތީގެ ޝިޕްމަންޓްތައް " ޕޯޓް ހެލްތުގެ މަސައްކަތްތަކާބެހޭ އާންމު ގަވާއިދު" ގެ ދަށުން މި އޮތޯރިޓީން ހެދިފައިވާ ޕްރޮސީޖަރގައި ކަނޑައެޅިފައިވާ ގޮތަށް ރިސްކް ބޭސްޑް އުސޫލުން އިންސްޕެކްޓްކޮށް ގަވާއިދާ އެއްގޮތަށް ހުރިނަމަ ފުރިހަމަކުރަންޖެހޭ ހުރިހާ ލިޔެކިޔުން ފުރިހަމަކޮށް ކްލިއަރެންސް ދިނުން.
  • ރާއްޖެއަށް އެތެރެކުރެވޭ ކާބޯތަކެތީ، ނަންބަރު 1 ގައިވާ ގޮތަށް ބަލައި ފާސްކުރުމަށްފަހު، އެތަކެތީގެ ތެރެއިން ގަވާއިދަށް ނުވަތަ މިންގަނޑުތަކަށް ނުފެތޭ ކާބޯތަކެތި ހިފެހެއްޓުމަށް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ހިފެހެއްޓުމާއި، އެކަމާގުޅޭ ލިޔެކިޔުން ފުރިހަކޮށް ޑިއުޓީ ސުޕަވައިޒަރުގެ ލަފާގެ މަތިން ނިންމައި ފައިލްކޮށް ބެލެހެއްޓުން.
  • ރާއްޖެއަށް އިމްޕޯޓްކުރާ ކާބޯތަކެތީގެ މަޢުލޫމާތު (އޮތޯރިޓީން ކަނޑައަޅާފައިވާ މަޢުލޫމާތާއި ތަފާސްހިސާބުގެ ރެކޯޑު) ބެލެހެއްޓުމާއި ކަނޑައެޅިފައިވާ ގޮތުގެ މަތިން ރިޕޯޓްކުރުން.
  • މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މެންޑޭޓް ފުރިހަމަކުރުމަށް، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމާއި ބަލައި ފާސްކުރަންޖެހޭ މަސައްކަތުގައި އަދި އޯޑިޓްގައި ތާވަލު ކުރެވޭގޮތުގެ މަތިން މަސައްކަތް ކުރުން.
  • ފުޑް ކޮންޓްރޯލް ޑިވިޝަންގެ އަދި ޚާއްޞަ ގޮތެއްގައި މަސައްކަތާ ގުޅުންހުރި ޝަކުވާތައް ބަލައިގަނެ ޑިއުޓީ ސުޕަވައިޒަރު/ ޔުނިޓްހެޑް/ ސެކްޝަންހެޑް/ ޑިވިޝަންހެޑްގެ ލަފާގެ މަތިން އެކަން ބެލުމަށާއި ޙައްލު ކުރުމަށް މަސައްކަތްކުރުން.
  • ޕޯޓްތަކުގެ މަސައްކަތުގައާއި، ބަލައި ފާސްކުރުމާއި އޯޑިޓް ކުރުމުގައި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ލުއިފަސޭހަކަމާއެކު ފޯރުކޮށްދެވޭ ޚިދުމަތަކަށް ހެދުމަށާއި ޚިދުމަތް ތަރައްޤީކުރުމަށް އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު ޚިދުމަތް ހޯދާ ފަރާތްތަކުގެ އިތުބާރު ހޯދުމަށް މަސައްކަތްކުރުން.
  • އޮފީހުގެ މަސައްކަތާ ގުޅޭގޮތުން، ކަނޑައެޅޭ މަސައްކަތްތައް، ޑިއުޓީ އަދި މަސައްކަތުގެ ތާވަލާ އެއްގޮތަށް މަސައްކަތްކުރުން.
  • ޚިދުމަތް ހަރުދަނާކޮށް ތަރައްޤީކުރުމަށް ހިންގާ ތަމްރީނު ޕްރޮގްގާމް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގައި ބައިވެރިވުން.
  • މުވައްޒަފުންގެ ފައިލަށް އަލަށް ފޮނުވާ ދެންނެވުން / މެމޯ އަދި އެހެނިހެން ލިޔެކިޔުންތައް ކަނޑައެޅޭ ވަގުތެއްގެ ތެރޭގައި ކިޔައި ސޮއިކޮށް އެއާ އެއްގޮތަށް ޢަމަލުކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

18 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރަށް ފޯމު ހުށަހެޅުން.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ 10 ފަރާތަށް އިންޓަރވިއު ކުރުން އޮންނާނީ އެޕްރީލް ނުވަތަ މޭ މަހުގެ ތެރޭގައެވެ. އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް ހެލްތުގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014400 އެވެ. ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

04 އޭޕްރިލް 2016
ހޯދާ