މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުނިސިޕަލް ސަރވިސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: މުނިސިޕަލް ސަރވިސް އޮފިސަރ

މަޤާމުގެ ނަންބަރު: 278572

ސަރވިސް: ސިވިލް ސަރވިސް ގުރޭޑް 10

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެމް. އެސް. 1

މަޤާމުގެ ކުލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގުރޭޑް 1 / ޓެކްނިކަލް  އޮފިސަރ ގުރޭޑް 1

ބޭނުންވާ އަދަދު: 1 (އެކެއް)

އޮފީސް: މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ

ސެކްސަން: އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

މުސާރަ: މަހަކު -/5،610 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގައި މަސައްކަތް ކޮށްފިނަމަ ބަންދު ދުވަހުގެ ފައިސާއާއި، ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާ ފަދަ، ސިވިލް ސަރވިސްގެ ގަވާއިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ އެލަވަންސްތައް ހަމަޖެހިފައިވާ އުޞޫލުން ލިބޭނެއެވެ.

 

 

 

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖް މެންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސް) ދާއިރާއިން  ދިވެހިރާއްޖޭގެ  ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖް މެންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ އެކައުންޓންގ އެންޑް ފައިނޭންސް)  ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖް މެންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސް) ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

  1. އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދައި ބެލެހެއްޓުމާއި، އެކަންކަމާ ގުޅޭ އެންމެހައި ކަންތައްތަކަށް ޖަވާބުދާރީވުން.
  2. ކުއްޔަށް ދޫކުރެވޭ ބިންތަކާއި ކުޅިވަރު ބިންތައް ބެލެހެއްޓުމާއި، އެކަންކަމާ ގުޅޭ އެންމެހައި ކަންތައްތަކަށް ޖަވާބުދާރީވުން.
  3. ރަށްވެހީންގެ ރަޖިސްޓްރީ ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ރަށްވެހިނުވެ ރަށުގައި ދިރިއުޅޭ މީހުންގެ ރަޖިސްޓްރީއާއި ބިދޭސީންގެ ރަޖިސްޓްރީ ލިޔެ ބެލެހެއްޓުން.
  4. ބޭންކް އެކައުންޓްތަކާއި، އެކަމާ ގުޅުންހުރި އެންމެހައި ރެކޯޑްތައް ބެލެހެއްޓުން.
  5. އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުމާއި، އެކަންކަމާ ގުޅޭ އެންމެހައި ރިޕޯޓްތައް ތައްޔާރުކުރުން.
  6. ދަނޑުވެރިކަމާ ގުޅިގެން ކައުންސިލުން ރާވާ ހިންގާ އެންމެހައި ކަންކަން ކުރުމާއި، އެކަންކަން ބެލެހެއްޓުން.
  7. މަގުބައްތިތައް ދިއްލައި ބެލެހެއްޓުމުގެ އިދާރީ މަސައްކަތް ކުރުން.
  8. މިސްކިތްތަކާއި ގަބުރުސްތާނު ބެލެހެއްޓުމުގެ އިދާރީ މަސައްކަތް ކުރުން.
  9. ފިހާރަތަކާއި، ހޮޓާތަކާއި، ރެސްޓޯރެންޓްތަކާއި، ކެފޭތަކާއި، ގެސްޓްހައުސްތަކާއި، އާންމު މާރުކޭޓްތަކުގެ ކަންތައްތައް ބަލައި، އިޞްލާޙި ފިޔަވަޅުއެޅުން.
  10. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ހިންގާ ތަރައްޤީގެ ޕްރޮގްރާމުތައް ބެލެހެއްޓުމާއި، ކޮމިޓީއަށް އެހީތެރިކަން ދިނުން.
  11. ބަނދަރު ސަރަހައްދާއި، އިޖުތިމާޢީ ސަރަހައްދު ކުނިކަހައި ސާފުކުރުމުގެ އިންތިޒާމުތައް ހަމަޖައްސައި ބެލެހެއްޓުން.
  12. އާސާރީ ތަންތަން ބެލެހެއްޓުމާއި، ޘަޤާފީ ކަންކަން ދިރުވައި އާލާކުރުމާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ ކަންކަން ކުރުން.
  13. ޕްރީ ސްކޫލުގެ ޚިދުމަތްތަކާގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން.
  14. ވަޒީފާގެ މަސްއޫލިއްޔަތާ ގުޅިގެން، ޔުނިޓު ހިންގުމާއި ހަވާލުވެ ހުންނެވި ފަރާތުން ނުވަތަ ޒިންމާދާރު ވެރިޔާ އަންގަވާ ރަސްމީ މަސައްކަތްތައް ކުރުން.
  15. ކައުންސިލް އިދާރާގެ އެހެން މުވައްޒަފަކު ޗުއްޓީގައި ހުރުމުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ހާޒިރުނުނުވެވޭގޮތް ދިމާވެއްޖެނަމަ، ޔުނިޓުގެ އިންޗާޖް ނުވަތަ ޒިންމާދާރު ވެރިޔާ ހަމަޖައްސަވާ ގޮތެއްގެ މަތިން އެ މުވައްޒަފެއްގެ މަސައްކަތް ކުރުން.
  16. ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުން ޝާމިލްވެގެން ކުރަންޖެހޭ ކަންތައްތަކާއި، ދިމާވާ މުހިންމު ކަންތައްތަކާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ރަސްމީ މަސައްކަތްތައް ކުރުން.
  17. މީގެ އިތުރުން، ކައުންސިލުން ކުރަންޖެހޭ މުނިސްޕަލް ސަރވިސްއާ ގުޅުންހުރި އެންމެހައި މަސައްކަތްތައް، ޔުނިޓު ހެޑް ނުވަތަ ޒިންމާ ދާރުވެރިޔާ ހަމަޖައްސަވާ ގޮތެއްގެ މަތިން ކުރުން.

 

ވަޒީފާށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް:

1- ލިބިފައިވާ ތަޢުލީމާއި ތަމްރީން.

2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

3- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި ބޭނުންވާ ސިފަތައް.

 

އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު:

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، ރ. އުނގޫފާރުގައެވެ. އިންޓަވިއުއަށް އަންނަންޖެހޭ ދުވަހާއި،  ގަޑިއާއި،  ތަނާބެހޭ  މަޢުލޫމާތު،  މަސައްކަތު  5  ދުވަހުގެ  ކުރިން،  ހުށަހަޅާފައިވާ ފަރާތްތަކަށް މި އިދާރާއިން އަންގާނެއެވެ.

- މި މަޤާމަށް އިންޓަވިއު ކުރެވޭނީ، މި މަޤާމަށް ހުޅަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ތަޢުލީމީ ފެންވަރު އެންމެ ރަގަނޅު ފަރާތްތަކާއެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތަނާއި ތާރީޚު:

މި ވަޒީފާއިން އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2016 އެޕްރީލް 10 ވާ އާދީއްތަދުވަހުގެ 13:30 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، އިންނަމާދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.  އަދި  ސިވިލް  ސަރވިސް  ކޮމިޝަނުގެ  ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ފޯމު ހުށަހަޅަން ހާޒިރުވާއިރުގައްޔާއި، އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.)
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މައުލޫމާތޫ:

މި ވަޒީފާއަށް ހުށަހެޅުމުގައި އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، ރ. އިންނަމާދޫ ކައުންސިލް އިދާރާގެ 6580052 ނަންބަރު ފޯނާ ގުޅުން އެދެމެވެ. ފެކުސް ނަންބަރަކީ، 6580052 އެވެ. މެއިލް އެޑްރެހަކީ، [email protected] އެވެ.

22 ޖުމާދަލްއާޚިރާ 1437

31 މާރިޗު 2016
ހޯދާ