ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
އެސިސްޓެންޓް ކައުންސެލަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އެޖެންސީގެދަށުން ހިނގަމުންދާ ސެންޓަރުތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް:

އެސިސްޓެންޓް ކައުންސެލަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2  (ޖީ. އެސް 4)

މަޤާމުގެ ރޭންކް:

GS4

މުސާރަ:

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށްދޭ އެލަވަންސް ފޮތުގައިވާ G209 ގައިވާ ގޮތުގެ މަތީން 

ސްޕެޝަލް ޑިއުޓީ އެލަވެންސް:

އަސާސީ މުސާރައިގެ %35

ޑިޕާޓްމަންޓް

ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ / ކ. ހިންމަފުށި

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކްލައިންޓުންގެ އެސެސްމަންޓް ހެދުން.
  2. އިންޑިވިޖުއަލް ކައުންސެލިންގއާއި، ފެމެލީ ކައުންސެލިންގ ދިނުން.
  3. ކްލައިންޓު ސެންޓަރުގައި އެޑްމިޓްކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން.
  4. ކްލައިންޓާ ގުޅުންހުރި ލިޔެކިޔުންތައް ބެލެހެއްޓުނ.ް
  5. ކްލައިންޓުގެ ޕްރޮގްރެސް މޮނިޓަރކޮށް އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
  6. ގްރޫޕް މީޓިންގތައް ބޭއްވުން.
  7. ކްލައިންޓާއި އާއިލާއާ ގުޅުވައިދިނުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  8. ޕްރޮގްރާމް ކޯޑިނޭޓަރާއި، ޕިއަރ އެޑިއުކޭޓަރުންނަށް ޕްރޮގްރާމް ހިންގުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ސެންޓަރުގެ ޞިއްޙީ ރައްކާތެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠު:

ކައުންސެލިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.  

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު.
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓް، ސެޓުފިކެޓް ނުލިބޭނަމަ ސެޓުފިކެޓު އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް)
  3. އެސިސްޓެންޓް ކައުންސެލަރގެ މަޤާމަށް ހުށަހަޅާ ފަރާތްތަކުން ހެލްތު މިނިސްޓްރީގެ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގެ  "ސެޓްފިކެޓް  އޮފް  ރެޖިސްޓްރޭޝަން"  އިން  ސަރޓިފައިކުރެވިފައިވާ  ލިޔުން ހުށަހަޅަންވާނެއެވެ. މި ލިޔުން ހުށަނާޅާ ފަރާތްތަކުން، އެސިސްޓެންޓް ކައުންސެލަރގެ މަޤާމަށް ޝަރުޠު ފުރިހަމަނުވާނެއެވެ.
  4. ސިވިލް ސަރވިސްގެ ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް ވެސް (އެކްރެޓިޑްކޮށްފައި ނުވިނަމަވެސް) އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބޭނުންކުރާނެއެވެ.
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ، ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  7. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  8. ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ އެކަންކަމުގައި ބައިވެރިވިކަމުގެ ލިޔުންތައް. 
  9. މަސައްކަތުގެ ތަޖުރިބާގެ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.

ސުންގަޑި:

2016 އެޕްރީލް 12 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، ނޭޝަނަލް ޑްރަގް އެޖެންސީއަށް ހުށަހަޅަންވާނެއެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

އިންޓަވިއު އޮންނާނީ، 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި، ނޭޝަނަލް ޑްރަގް އެޖެންސީގައެވެ.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު:

- ވަޒީފާއަށް  އެދޭ  ފޯމާއި،  ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދި  ހުށަހަޅާ  ލިޔުންތައް  ލިބުނުކަން  ކަށަވަރުކުރާ ފޯމު، މި އެޖެންސީގެ ވެބްސައިޓް www.nda.gov.mv އާއި، ސިވިލް ސަރވިސް  ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ނޭޝަނަލް ޑްރަގް އެޖެންސީގެ ރިސެޕްޝަނުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.

- މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 3343061 އެވެ.

22 ޖުމާދަލްއާޚިރާ 1437

31 މާރިޗު 2016
ހޯދާ