ހައުސިންގ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން ޕލކ
ދިވެހިރާއްޖެ
އެކައުންޓްސް އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކުންފުނީގެ، ތިރީގައިވާ މަޤާމަށް، ކޮންޓުރެކްޓް އުސޫލުން، 1 އަހަރުދުވަހަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް: އެކައުންޓްސް އެސިސްޓެންޓް

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ޝަރުޠު:

1. އޭ ލެވެލް / ޑިޕްލޮމާ ހަދާފައިވުން.

2. އެކައުންޓިންގ ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.  

މުސާރަ:

- ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށް ބިނާކޮށް.

- މީގެ އިތުރުން، ވަޒީފާޔަށް ނިކުންނަ ކޮންމެ ދުވަހަކަށް ކޮއްތު ފައިސާގެގޮތުގައި ދުވާލަކަށް -/50 ރުފިޔާ ދެވޭނެއެވެ. އަދި ކުންފުނީގެ ޕޮލިސީއާ އެއްގޮތްވާގޮތުގެމަތިން މެޑިކަލް އިންސުއަރަންސާއި، ޓްރެއިނިންގއާއި އެހެނިހެން ޢިނާޔަތްތައް ފޯރުކޮށްދެވޭނެއެވެ.

ސުންގަޑި:

ޝަރުޠު ހަމަވާ، މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 އެޕްރީލް 6 ވަނަ ދުވަހުގެ 2:30 ގެ ކުރިން، ވަޒީފާއަށް ކުރިމަތިލުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިމިވާ އެޑްރެހަށް، ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުގެ ވެބްސައިޓް؛ www.hdfc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. 4 ވަނަ ފަންގިފިލާ،

ހ. މިއަލަނި، ސޯސަންމަގު، މާލެ، ދިވެހިރާއްޖެ.

22 ޖުމާދަލްއާޚިރާ 1437

31 މާރިޗު 2016
ހޯދާ