ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސޭލްސް މެނޭޖަރެއް ބޭނުންވެއްޖެ

މަޤާމް :ސޭލްސް މެނޭޖަރ
ބޭނުންވާ އަދަދު :1

ތިރީގައިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމު: ސޭލްސް މެނޭޖަރ

އަދަދު: 01

މުސާރަ: ހަމަޖައްސާނީ ލިބިފައިވާ މަސައްކަތުގެ ތަޖުރިބާއާއި ތަޢުލީމީ ސެޓުފިކެޓުތަކަށް ބެލުމަށްފަހު

ވަޒީފާގެ ބާވަތް: ކޮންޓްރެކް

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ސ. ހުޅުމީދޫ ފިހާރަ

އެހެނިހެން ޢިނާޔަތްތައް:

* އިތުރު އެލަވަންސްގެ ގޮތުގައި -/3000ރ އާއި -/5000ރ އާ ދެމެދުގެ އަދަދެއް ލިބޭނެ.

* ކުންފުނިން ކަނޑައަޅާފައިވާ އުސޫލެއްގެ މަތިން އަހަރީ ބޯނަސް ދެވޭނެ.

* އިތުރުގަޑީގައްޔާއި، އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތްކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

* ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޕެންޝަން ސްކީމުގައި ބައިވެރިކުރެވޭނެ.

* ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުއަރެންސް ސްކީމުގައި ބައިވެރި ކުރެވޭނެ.

މަޤާމުގެ މަސްއޫލިއްޔަތު:

* އޮޕަރޭޝަން މެނުއަލްގައިވާ ގޮތަށް ފިހާރައިގެ އޮޕަރޭޝަނަލް އެންމެހައި ކަންކަން ރާވައި ހިންގުން.

* މުވައްޒަފުން ސުޕަވައިޒް ކުރުމާއި، އަދި ސޭލްސް ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.

* ފިހާރައިގެ ސޭލްސް ކުރިއެރުވުމަށްޓަކައި ޕްލޭންކުރުމާއި، ފޯކާސްޓް ކުރުމާއި އަދި އިންވެންޓްރީ ބެލެހެއްޓުން.

* ވިޔަފާރީގެ ފުރުޞަތުތައް ހޯދުމާއި، އަދި ރީޖަނަލް ސޭލްސް އޮފީހާ ގުޅިގެން އެކަން ރާވައި ހިންގުން.

ތަޢުލީމާއި ތަޖުރިބާ:

* މެނޭޖްމަންޓް، ފައިނޭންސް ނުވަތަ ބިޒްނަސްގެ ދާއިރާއިން ޑިގްރީ ހާސިލުކޮށްފައިވުން.

* މަޤާމާގުޅޭ ދާއިރާއެއްގައި މަދުވެގެން 02 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއި، އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އެޕްރީލް 05 ވާ އަންގާރަ ދުވަހުގެ 12:30 ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ފޯމު އެސްޓީއޯ ސ. ހުޅުމީދޫ ފިހާރައިންނާއި, އެސްޓީއޯ ހެޑްއޮފީހުގެ ކައުންޓަރުންނާއި، އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މިމަޤާމަށް މުވައްްޒަފުން ހޮވުމުގައި ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާއާއި އަދި އިންޓަރވިއުއަށް ބަލާނެއެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑްއޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344272     ފެކްސް: 3344041

އެސްޓީއޯ ސ. ހުޅުމީދޫ ފިހާރަ

ބަހާއުއްދީން މަގު، ސ. ހުޅުމީދޫ

ފޯން: 3012693  

ވެބްސައިޓް: www.sto.mv

22 ޖުމާދަލްއާޚިރާ 1437

31 މާރިޗު 2016
ހޯދާ