ހިރިމަރަދޫ ސުކޫލް، ހދ. ހިރިމަރަދޫ
ދިވެހިރާއްޖެ
ވަށާފާރު އުސްކުރުން

އިޢުލާން

ހދ. ހިރިމަރަދޫ ސްކޫލުގެ ވަށާފާރު އަމިއްލަ ތަކެތީގައި އުސްކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި އިޢުލާން ކުރަމެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

- ވަށާފާރު 2 ފޫޓަށް އުސްކުރުން

- މަތީ ބެރި އެޅުން

- ވަށައިގެން 15 ފޫޓުން ތަނބު ޖެހުން

- ފާރުގައި ސިމެންތި ޖެހުން

- ކުލަލުން

ވީމާ، މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ހިރިމަރަދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން ހިރިމަރަދޫ ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

5 އެޕްރީލް 2016 (އަންގާރަ) ދުވަހުގެ 13:30 އަށް

7 އެޕްރީލް 2016 (ބުރާސްފަތި) ދުވަހުގެ 13:30 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 08:00 ން މެންދުރުފަހުގެ 14:00 އަށް 6520536 ، 9839886 ނަންބަރު ފޯނާއެވެ.

28 މާރިޗު 2016
ހޯދާ