މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
11 ހޮޅިދަނޑި ހަދައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މިކައުންސިލުން ދޭ ކުރެހުމާ އެއްގޮތަށް މަގުމަތީ ލައިޓް ޖެހުމަށް ބޭނުންވާ 11 ހޮޅިދަނޑި ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 30 މާރިޗު 2016 (ބުދަ) ދުވަހުގެ ހެނދުނު 11:30ގައި ބާއްވާ މަޢުލޫމާތު ސާފުކޮށްދިނުމުގެ ބައްދަލުވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 07 އެޕްރީލް 2016 (ބުރާސްފަތި) ދުވަހުގެ ހެނދުނު 11:30 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.

12 ޖުމާދަލްއާޚިރާ 1437

21 މާރިޗު 2016
ހޯދާ