މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ތަކެތި ގަތުމަށް

އިޢުލާން

މި މިނިސްޓްރީން ކުރި ނަންބަރު: AF/1/2016/19-ފ101 (IUL) (18 ޖަނަވަރީ 2016) އިޢުލާނަށް އެކަށީގެންވާވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެތަކެތި ގަތުގަމަށް ދެވަނަ ފަހަރަށް އިޢުލާންކުރަމެވެ.

މިމިނިސްޓްރީއަށް ތިރީގައި މި ދަންނަވާ ސްޕެސިފިކޭޝަންގެ ތަކެތި ގަންނަން ބޭނުންވެއެވެ. ވީމާ، މިތަކެތި ވިއްކުމަށް އެދޭ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ތަކެއްޗަކީ މިނިސްޓްރީގެ ދަށުން ސ.ހިތަދޫގައި ޤާއިމުކުރެވިފައިވާ އައްޑޫ ބިޒްނަސް ސެންޓަރަށް ބޭނުންވާ ތަކެއްޗެވެ. އަދި މި ތަކެތި ހަރުކުރާނީ މިނިސްޓްރީންނެވެ.  

ބޭނުންވާ ތަކެތި: 4 އެއަރކޮންޑިޝަނަރ (ބީ.ޓީ.ޔޫ: 12000 (ފާރުގައި ހަރުކުރާ))

1. މިނިސްޓްރީން ބަލާނެ ކަންތައްތައް

  1. ހުށަހަޅާ އައިޓަމްތަކުގެ ސްޕެސިފިކޭޝަން ހުންނަންވާނީ މިކަރުދާހުގައިވާ ބަޔާންކޮށްފައިވާ ފެންވަރަށެވެ.
  2. ބިޑް އިވެލުއޭޓްކުރާއިރު ދިގުމުއްދަތެއްގައި އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ ތަކެތީގެ ވިޔަފާރިކޮށް، ތަޖުރިބާ ހުރި ފަރާތްތަކާއި އަދި އާފްޓަރސޭލް ސަރވިސް/ މެއިންޓެނަންސް ދެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  3. ބިޑް ކާމިޔާބުކުރާ ފަރާތުން ގެންނަ ތަކެތި މި މިނިސްޓްރީގައި ޓެސްޓުކުރެވޭނެއެވެ. އަދި ސްޕެސިފިކޭޝަނަށް ނުފެތޭނަމަ އެއެއްޗެއް ޤަބޫލެއް ނުކުރެވޭނެއެވެ. އަދި އެތަކެތީގެ ބަދަލުގައި އިތުރު އަގަކާ ނުލައި ސްޕެސިފިކޭޝަނަށް ފެތޭތަކެތި މި މިނިސްޓްރީއަށް ހޯދައިދޭންވާނެއެވެ.
  4. ތަކެއްޗަށް އަގު ދެވޭނީ ހުރިހާ އައިޓަމެއް މިނިސްޓްރީއާ ހަވާލުކުރުމުންނެވެ.
  5. ހުށަހަޅާ އަންދާސީހިސާބު 60 ދުވަސް ވަންދެން ކެންސަލްކޮށްގެން ނުވާނެއެވެ.

އަގު ހުށަހެޅުން.

1. ހުރިހާ އަގެއް ހުންނަންވާނީ ދިވެހިރުފިޔާއިންނެވެ.

2. ޑެލިވަރީ މުއްދަތު ހުންނަންވާނީ ދުވަހުންނެވެ.

3. ވޮރަންޓީ މުއްދަތު ހުންނަންވާނީ މަހުގެ އަދަދުންނެވެ.

މާކްސް ދެވޭގޮތުގެ ތަފުސީލު:

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

އަގު

70%

  • ހުށަހަޅާފައިވާ އަގަށް ދޭ މާކްސް
  • މާކްސް ދެވޭނީ މިނިސްޓްރީގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ވިޔަފާރިތަކުން ހުށަހަޅާ ޖުމްލަ އެންމެ ކުޑަ އަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

(Benchmark Price / Submitted Price) x Allocated Percentage

Benchmark price would be the lowest total price submitted.

ޑެލިވަރީ ޕީރިއަޑް

10%

  • ތަކެތި މިނިސްޓްރީއާ ހަވާލުކުރެވޭނެ މުއްދަތަށް ދޭ މާކްސް
  • މާކްސް ދެވޭނީ މިނިސްޓްރީގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ވިޔަފާރިތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.

(Benchmark Delivery / Submitted Delivery) x Allocated Percentage

Benchmark delivery would be the shortest period submitted for deliver.

ތަކެތީގެ ވޮރަންޓީ

5%

  • ގަންނަ ތަކެތި މުވައްޒަފެއްގެ އިހުމާލަކާ ނުލައި ހަލާކުވެއްޖެނަމަ ހަދައިދިނުމަށް ދޭ މުއްދަތަށް މާކްސްދޭވަރު
  • މާކްސް ދެވޭނީ މިނިސްޓްރީގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ވިޔަފާރިތަކުން ހުށަހަޅާ އެންމެ ދިގު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.

(Warranty Period / Bench Mark) x Allocated Percentage

Benchmark goods warranty period would be the longest warranty period submitted.

ސަރވިސް ވޮރަންޓީ

5%

  • ސަރވިސް ދިނުމަށް ހުށަހަޅާފައިވާ މުއްދަތަށް ދޭ މާކްސް
  • މާކްސް ދެވޭނީ މިނިސްޓްރީގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ވިޔަފާރިތަކުން ހުށަހަޅާ އެންމެ ދިގު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.

(Warranty Period / Bench Mark) x Allocated Percentage

Benchmark service warranty period would be the longest warranty period submitted.

ކޮމްޕެނީ ޕްރޮފައިލް

10%

މި ބައިވަނީ ދެބަޔަށް ބަހާލާފައި. އަދި ކޮންމެ ބަޔަކަށް ޖުމްލަ 5 މާކްސް ދޭގޮތަށް.

  • ކޮމްޕެނީ ޕްރޮފައިލަށް ބަލައި، އިވެލުއޭޝަން ކޮމިޓީގެ ކޮންމެ މެމްބަރަކު 1-5 ދެމެދުގެ ދޭ މާކްސްގެ އެވަރޭޖް މާކްސް ދެވޭނެއެވެ.
  • ބިޑް ހުށަހަޅާ ފަރާތުން، މީގެ ކުރިން މިފަދަ ތަކެތި ފޯރުކޮށްދީފައިވާކަން އަންގައި، ކްލަޔަންޓުން ދީފައިވާ ލިޔެކިޔުންތަކަށް ބަލައި އެންމެ ގިނަ ލިޔުމުގެ އަދަދަކީ ބެންޗްމާކް ކަމުގައި ބަލައިގެންނެވެ.

 

 

2 Major questions (profile and experience) with 5 points each, total 10 points.

  1. Members of BEC, allocate marks between 1-5 for company profile and the average would be taken
  2. Reference letters stating that items similar to the ones in this announcement have been provided by the vendor. The most number of reference letters will be taken as benchmark. And by using the benchmark formula points will be allocated to other vendors.

(No. of references/Benchmark)x allocated 5%

  1. ބިޑް އިވެލުއޭޓް ކުރާނީ މިމިނިސްޓްރީގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  2. ބިޑް އިވެލުއޭޝަން ކޮމިޓީން ނިންމުމަށްފަހު ޓެންޑަރ ކޮމިޓީން ނިންމާ ފަރާތަކަށް ބިޑް ލިބޭނެއެވެ. އަދި އެހެން ފަރާތްތަކަށް އެކަން އެންގޭނެއެވެ.
  3. ބިޑް އިވެލުޝަނަށްފަހު އެއްވެސް ޝަކުވާއެއްވާނަމަ މި މިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

އަންދާސީހިސާބު ހުށަހެޅުން

އަންދާސީހިސާބު 28 މާރިޗު 2016 ގެ 11:00 އަށް މިމިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އަދި ކަނޑައަޅާފައިވާ ވަގުތު ފާއިތުވުމުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

މާލެ، ދިވެހިރާއްޖެ

އަންދާސީހިސާބު ހުޅުވުން

އަންދާސީހިސާބު ހުޅުވާނީ 28 މާރިޗު 2016 ގެ 11:00 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ބޮޑުތަކުރުފާނު މަގު)ގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ކޮންފަރެންސްރޫމުގައި، އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތުން ކަނޑައެޅިފައިވާ ފަރާތްތަކުގެ ހާޒިރުގައެވެ.

މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3305808 އަށް ގުޅުއްވުން ނުވަތަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

‏12‏ ޖުމާދަލްއާޚިރާ‏ 1437

21 މާރިޗު 2016
ހޯދާ