މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ރަޖިސްޓަރީކުރެވިފައިވާ ތަންތަނުގައި ފަތުރުވެރިން ބޭތިއްބުމާބެހޭ

އިޢުލާން

ރަޖިސްޓަރީކުރެވިފައިވާ ތަންތަނުގައި ފަތުރުވެރިން ބޭތިއްބުމާބެހޭ

ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގައި ޓޫރިޒަމާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ފަތުރުވެރިން ބައިތިއްބަންވާނީ، އެތަނެއް މިނިސްޓްރީ އޮފް ޓޫރިޒަމުގައި ރަޖިސްޓަރީކޮށް، އެފަދަ ތަންތަން ހިންގުމަށް މިނިސްޓްރީން ދޫކުރާ ހުއްދަ ހޯދުމަށް ފަހުގައެވެ. އަދި މިޤާނޫނުގެ 20 ވަނަ މާއްދާގައިވާގޮތުން ރަޖިސްޓަރީކޮށް ހުއްދަ ލިބިފައިވާ ޓޫރިސްޓް ހޮޓަލެއް ނުވަތަ ޓޫރިސްޓް ގެސްޓްހައުސެއް ނުވަތަ ޓޫރިސްޓް ރިޒޯޓެއް ނުވަތަ ޓޫރިސްޓް އުޅަނދެއް ނޫންތަނެއްގައި އެއްވެސް ފަތުރުވެރިއަކު އަގަށް ބަހައްޓައިގެން ނުވާނެއެވެ.

ވީމާ، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގައި ޓޫރިޒަމާބެހޭ ޤާނޫނު) ގެ ދަށުން ފަތުރުވެރިން ބޭތިއްބުމަށް ތައްޔާރުކުރެވޭ ތަންތަން ހުންނަންޖެހޭނީ މިމިނިސްޓްރީގައި ރަޖިސްޓަރީކޮށްފައި ކަމުގައި ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

06 ޖުމާދަލްއާޚިރާ 1437

15 މާރިޗު 2016
ހޯދާ