ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ވޭނެއް މަރާމާތުކުރުމަށް

އިޢުލާން

މި ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުގައިއޮތް Toyota Voxy ވޭނެއް މަރާމާތުކުރުމަށް ބޭނުންވާތީ، އެ ވޭން މަރާމާތުކޮށް ރަނިންކޮންޑިޝަނަށް ގެނެސްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ޑިޕާޓްމަންޓުގެ ނަންބަރު E/2016/27-ފ198 (02 މާރިޗު 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އަންދާސީހިސާބު ބާޠިލުކޮށް، އެ މަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މި ދެންނެވި ވޭނަކީ ސްޓާޓް ކުރެވޭ ވޭނެކެވެ. ނަމަވެސް ސްޕީޑް ނުލިބޭތީ އެ މައްސަލަ ޙައްލުކުރުމާއި، ބެޓްރީ ބަދަލުކުރުމާއި ފެން ނުވަންނަގޮތަށް ބޮޑީ މަރާމާތުކުރުމާއި މިރަރސެޓް ހަމަކުރުމަށް ބޭނުންވެއެވެ. ވޭން ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން 22 މާރިޗު 2016 ވަނަ ދުވަހުގެ 10:00 އަށް މި ޑިޕާޓްމަންޓަށް ހާޒިރުވުން އެދެމެވެ.

މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 23 މާރިޗު 2016 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ތިރީގައިވާ ގޮތުގެ މަތީން މަރާމާތުގެ ތަފުސީލާއި އެކަންކަމަށް ދާނެ ޚަރަދު އެނގޭގޮތަށް އަންދާސީހިސާބު ހުށަހަޅަންވާނެއެވެ.

އަންދާސީހިސާބު ހުށަހަޅާ ތާރީޚު: 28 މާރިޗު 2016

އަންދާސީހިސާބު ހުށަހަޅާ ގަޑި: 11:00

އަންދާސީހިސާބު ހުށަހަޅަންޖެހޭ ތަން: ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

06 ޖުމާދަލްއާޚިރާ 1437

15 މާރިޗު 2016
ހޯދާ