ރަތަފަންދޫ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

އިއުލާން

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ) ގެ ވަޒީފާގެ ފުރުޞަތު:

މި ސްކޫލުގެ، ތިރީގައިމިވާ މަޤާމަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާނެ މުވައްޒަފަކު ބޭނުންވެއްޖެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: ޖީ. އެސް. 3

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ މުއްދަތު:

ވަޒީފާ ހަމަޖެހޭ ދުވަހުން ފެށިގެން 24 ޑިސެންބަރު 2016 އަށް

މުސާރަ:

މަހަކު -/4،465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު -/1،500 ރުފިޔާ (އެއްހާސް ފަސްސަތޭކަ ރުފިޔާ)

މަޤާމު އޮތް ތަން:

ރަތަފަންދޫ ސްކޫލް

މަސައްކަތް ކުރަންޖެހޭ ތަން:

ރަތަފަންދޫ ސްކޫލް

ސެކްޝަން: އިދާރީ

 

މަޤާމުގެ ޝަރުޠު:

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ސާނަވީ އިމްތިޙާނަކުން ދެ މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލުގެ ސެޓްފިކެޓް އިމްތިޙާނުގެ ދިވެހި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

 

 

 

 

 

މަޤާމުގައި ކުރަންޖެހޭ މައިގަނޑު

މަސައްކަތް:

1- ޑިއުޓީ ގަޑީގައި އެކި ބޭނުންތަކުގައި ސްކޫލަށް އަންނަ ފަރާތަތަކަށް އެ އައި ބޭނުމެއް ވީހާވެސް އަވަހަކަށް ބަލައި، އެކަމެއް ކޮށްދެވެން އޮތަނަމަ، އެކަމެއް ކޮށްދިނުން ނުވަތަ އެކަމެއް ކުރެވެން އޮންނަ އުސޫލު އޮޅުންފިލުވައިދިނުން.

3- ޓީޗަރުން ސްކޫލަށް ނާންނަ ދުވަހެއްނަމަ، ރިލީފް ހަދައި، ޓީޗަރުންލައްވައި ސޮއިކުރުވުން.

4- ސްކޫލުން ވަކިވާ ކުދިންނަށް ލީވިންގ ސެޓްފިކެޓްތައް ހަމަޖެހިފައިވާ އުސޫލުން ހައްދައިދިނުމާއި، ސްކޫލަށް ވަންނަ ކުދިންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

5- ސުޕަވައިޒަރުންނާއި ޓީޗަރުން އެދޭ ކަންކަމުގައި އެހީތެރިވެދިނުން.

6- ދުވަހުން ދުވަހަށް ނިންމަންޖެހޭ މަސައްކަތްތައް ރަސްމީ ގަޑީގައި ނުނިމޭނަމަ، އިތުރުގަޑީގައި ނުކުމެ ނިންމުން.

7- ސްކޫލުގައި ބޭއްވޭ އިތުރު ހަރަކާތްތަކާއި ޚާއްޞަ ރަސްމިއްޔާތުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ރަސްމީ ދުވަސްތަކުގައި ސްކޫލު އޮފީހުން އަންގާ، ވަޒީފާއާ ގުޅުންހުރި މަސައްކަތްތައް ކުރުން.

8- މުވައްޒަފަކު  ޗުއްޓީ  ނެގުމާ  ގުޅިގެން  އެ  މުވައްޒަފެއް  ކުރަމުންއައި  ވަޒީފާއާ  ގުޅޭ  މަސައްކަތެއް  ސްކޫލުން ހަވާލުކޮށްފިނަމަ، އެ މަސައްކަތެއް ކުރުން.

9- ސްކޫލުގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

ޢިނާޔަތްތައް:

1- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

ވަޒީފާއަށް އެންމެ ގާބިލް މީހުން ހޮވުމުގައި ބެލޭނެ ކަންތައް:

  • ތަޢުލީމާއި ތަމްރީން.
  • މަސައްކަތުގެ ތަޖުރިބާ.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އެކަށީގެންވާ ޞިއްޙަތެއްގައި ހުރި މީހަކުކަމުގައިވުން.
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިޔު ކޮށްގެން.
  • ޕްރެކްޓިކަލް ޓެސްޓެއް ދީގެން.

 

އިންޓަވިއު އޮންނާނެ ތަނާއި ތާރީޚު:

  • މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިޔުއާއި ޕްރެކްޓިކަލް ޓެސްޓް އޮންނާނީ، 2016 މާރިޗު 23 ވާ ބުދަދުވަހުއެވެ.
  • އިންޓަވިޔުއާއި ޕްރެކްޓިކަލް ޓެސްޓް އޮންނާނެ ގަޑި، ވަޒީފާއަށް އެދޭ ފަރާތްތަކަށް ފޯނުން އެންގޭނެއެވެ.
  • މި  ވަޒީފާއަށް  އެދިފައިވާ  ޝަރުޠު  ހަމަވާ  ފަރާތްތަކުގެ  އަދަދު  10  އަށްވުރެ  އިތުރުނަމަ،  ތަޢުލީމާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • އިންޓަވިޔުއާއި ޕްރެކްޓިކަލް ޓެސްޓް އޮންނާނީ، ރަތަފަންދޫ ސްކޫލުގައެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 މާރިޗު 22 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކޮށް، މި ސްކޫލްގެ އޮފީހަށް ހުށަހެޅުން އެދެމެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ)

4- ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި، ވޯކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީނު ޕްރޮގުރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުން (އަސްލާ އެއްގޮތްކަމަށް ރަސްމީ އޮފީހަކުން ތައްގަނޑު ޖަހާފައިވާ)

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ސާފު ކޮޕީއެއް.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 7983087 ނަންބަރު ފޯނަށް ނުވަތަ 7888505 ނަންބަރު ފޯނަށެވެ. އީމެއިލް ކުރާނީ، Email:[email protected] އަށެވެ.

4 ޖުމާދަލްއާޚިރާ 1437

13 މާރިޗު 2016
ހޯދާ