ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިން ބޭރުގައި ބަހައްޓާފައި ހުންނަ ދަރުފުނި، ލަކުޑިފުނި، ގައުފުނި، ދޫނިސޫފާސޫފި ގެންގުޅޭ ކޮށި، އަދި ބަދިގެ ފަދަ ތަންތަން ނައްތާލުން

އިޢުލާން

ގޯތިން ބޭރުގައި ބަހައްޓާފައި ހުންނަ ދަރުފުނި، ލަކުޑިފުނި، ގައުފުނި، ދޫނިސޫފާސޫފި ގެންގުޅޭ ކޮށި، އަދި ބަދިގެ ފަދަ ތަންތަން ނައްތާލުން:

އެއްވެސް ފަރާތަކާ ހަވާލުނުކޮށް އޮންނަ ބަންޑާރަ ބިމުގައި ޢާންމު ފަރާތްތަކުން ބަހައްޓާފައި ހުންނަ، ގައުފުނި، ދަރުފުނި އަދި ލަކުޑިފުނި ފަދަ ތަކެއްޗާއި އެކި ތަންތާނގައި މަސް ކެއްކުމަށް ހަދާފައި ހުންނަ ބަދިގެ ފަދަ ތަންތަނަކީ، މި އިދާރާގެ ހުއްދަ ލިބިގެން ނޫނީ، އެފަދަ ބޭނުންތަކަށް ބޭނުންކުރެވޭނެ ބިންބިމަށް ނުވާއިރު، ބައެއް ފަރާތްތަކުން ތަކެތި އެގޮތަށް ބެހެއްޓުމުން އެފަދަ ތަންތަން ސާފުތާހިރުކޮށް ބަލަހައްޓަމުން ނުދާތީއާއި، އެފަދަ ތަކެތި ގަވާއިދުން ބަހައްޓަން ބޭނުންވާ ފަރާތްތަކުގެ ތަކެތި ނުބެހެއްޓޭ ފަދަ މައްސަލަތަކަކީ، ޙައްލުކުރަން އުނދަގޫވެފައިވާ މައްސަލަތަކެއް ކަމަށްވާތީ، އެކަމަށް ޙައްލެއް ގެންނަން ބޭނުންވާ ވާހަކަ ދަންނަވަމެވެ. 

ވީމާ، އެމީހެއްގެ ހަވާލުގައި އޮންނަ ބަންޑާރަ ބިމެއް ފިޔަވައި، އެ ނޫން އެއްވެސް ތަނެއްގައި އެއްވެސް މީހެއްގެ އެއްވެސް އެއްޗެއް ބަހައްޓަވާނަމަ، ކައުންސިލްގެ އިދާރާއަށް ދުރުވެ ބަންޑާރަބިން ބޭނުންކުރުމުގެ އުސޫލުގެ ދަށުން ބިން ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކޮށްގެން ނޫނީ، އެއްވެސް ތަނެއްގައި އެއްވެސް އެއްޗެއް ބެހެއްޓުމަކީ މަނާކަމެކެވެ. އަދި ބިމުގެ އެއްބަސްވުމުގައި ސޮއިނުކޮށް ބަހައްޓާފައި ހުރި، ގައުފުނި، ދަރުފުނި، ލަކުޑިފުނިތަކާއި، އަޅާފައިހުރި ބަދިގެތައް، 26 މާރިޗު 2016 (ހޮނިހިރު) ދުވަހުގެ 12:00 ގެ ކުރިން އެ އެއްޗެއް ބަހައްޓާފައިހުރި ތަނަކުން ނަގައި ބިން ސާފުކުރުމަށް އެފަދަ ތަކެތި ބަހައްޓާފައި ހުރި ފަރާތްތަކަށް އެންގީމެވެ. 26 މާރިޗު 2016 ދުވަހުގެ 12:00 ގެ ފަހުން، ގަވާއިދާ ޚިލާފަށް ބަހައްޓާފައި ހުންނަ ތަކެއްޗާމެދު ޤާނޫނީ ފިޔަވަޅު އެޅޭނެ ވާހަކަ ދަންނަވަމެވެ.

އެކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

27 ޖުމާދަލްއޫލާ 1437

07 މާރިޗު 2016
ހޯދާ