މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
އިންވެސްޓްމަންޓް ސޭލްސް ސާރވިސް ފޮރ ދި މިނިސްޓްރީ އޮފް ޓޫރިޒަމް

 ރިކުއެސްޓް ފޮރ ޕްރޮޕޯޒަލް (އާރް. އެފް. ޕީ)

އިންވެސްޓްމަންޓް ސޭލްސް ސާރވިސް ފޮރ ދި މިނިސްޓްރީ އޮފް ޓޫރިޒަމް

ދިވެހިރާއްޖޭގެ ސަރުކާރު ތަމްސީލުކުރާ މިނިސްޓްރީ އޮފް ޓޫރިޒަމުން ތިރީގައި ބަޔާންކުރެވިފައިވާ 2 ޕްރޮޖެކްޓަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ބައިނަލްއަޤްވާމީ ހުރިހާ ފާރމްތަކާއި، ކުންފުނިތަކާއި، ޕާރޓްނަރޝިޕްތަކަށް ދަޢުވަތު އަރުވަމަވެ. އަދި ތިރީގައި ބަޔާންކުރެވިފައިވާ 2 ޕްރޮޖެކްޓަށްވެސް ވަކިވަކިން އަދި އެއްކޮށްވެސް ޕްރޮޕޯޒަލް ހުށަހެޅިދާނެއެވެ.

ހ. ދިވެހިރާއްޖޭގެ ސަރުކާރުން ފަޅު ހިއްކައިގެން ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅުއްވާފައިވާ ފަޅުތައް ތަރައްޤީކުރުމަށް އިންވެސްޓަރުން ހޯދުން.

ށ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރޫޒް ޓާމިނަލަކާއި ޔޮޓް މެރީނާއެއް ޤާއިމުކޮށް ތަރައްޤީކުރުމަށް އިންވެސްޓަރެއް ނުވަތަ އިންވެސްޓަރުން ހޯދުން.

ހޮވުމުގައި ބެލެވޭނެ ޝަރުޠުތައް:

1. ބައިނަލްއަޤްވާމީގޮތުން ފާހަގަ ކުރެވޭވަރުގެ އިންވެސްޓްމަންޓް ސޭލްސްތަކެއް ކުރެވިފައިވާ ފާރމް، ކުންފުނި ނުވަތަ ޕާރޓްނަރޝިޕަކަށްވުން.

2. ރާއްޖެއަށް އިންވެސްޓަރުން ގެނެވޭވަރުގެ ފަރާތަކަށްވުން.

3. ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި ފަތުރުވެރިކަން ނުވަތަ ގެދޮރު ތަރައްޤީކުރުމާއި އަދި ގުޅުންހުރި ކަމަކަށް 500 މިލިޔަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓްތަކެއް ކޮށްފައިވުން.

އެންމެ ރަނގަޅު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

1. ޚިދުމަތްދިނުމަށް ހުށަހަޅާ ފީ.

2. ލިބިފައިވާ ވަގުތުގެ ތެރޭގައި އެންމެ އެކަށީގެންވާވަރުގެ އިންވެސްޓަރެއް ހޯދިފައިވުން.

ޕްރޮޕޯޒަލްގައި ހިމެނިފައި ހުންނަންޖެހޭ ކަންތައްތައް:

އެޕްލިކޭޝަން ލެޓަރ – މި ޕްރޮޖެކްޓުގައި އިސްކޮށް އުޅުއްވާނެ ބޭފުޅެއްގެ ނަން، އެޑްރެސް، ގުޅޭނެ ނަންބަރު، އީމެއިލް އެޑްރެސް ހިމެނިފައިވާންވާނެއެވެ.

ކޮމްޕެނީ ޕްރޮފައިލް - ފާރމް، ކުންފުނި ނުވަތަ ޕާރޓްނަރޝިޕްގެ މަޢުލޫލާތު، ތަޖުރިބާ، ކެޕޭސިޓީ އަދި އިސް މެނޭޖުމަންޓުގެ ތަޢާރަފު.

ތަޖުރިބާ – ވޭތުވެދިޔަ 3 އަހަރުދުވަހު ފަތުރުވެރިކަން ނުވަތަ ގެދޮރު ތަރައްޤީކުރުމާ ގުޅުންހުރިކަމެއް ކޮށްފައިވާނަމަ ކުރި ކަންތައްތަކުގެ މަޢުލޫމާތު. (އެ ޕްރޮޖެކްޓުތަކުގެ ޕާރފޯމަންސް ރިޕޯޓަކާއެކު)، އަދި ރިފަރެންސްގެ ގޮތުގައި ދީފައިވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމުގެ ގޮތުން ގުޅޭނެ ވާހަކަ ދެންނެވީމެވެ.

ފީ – ފީގެ ގޮތުގައި ދައްކަން ނިންމާފައިވާ އަދަދު.

ޕްރޮޕޯޒަލްގެ ބަސް:

ޕްރޮޕޯޒަލް ހުށަހެޅެންވާނީ އިނގިރޭސިބަހުންނެވެ.  

ޕްރޮޕޯޒަލް ހުށަހެޅުން:

ހުރިހާ ޕްރޮޕޯޒަލެއްވެސް ހުށަހެޅެންވާނީ ސިޓީއުރައަކަށް ލައި ރަނގަޅަށް ބަންދުކުރެވި ތިރީގައި ބަޔާން ކުރެވިފައިވާގޮތަށް ޕްރޮޖެކްޓްތައް ވަކިން ސިޓީގައި ފާހަގަ ކުރެވިގެންނެވެ.

“TO BE OPENED ONLY BY AUTHORIZED PERSONNEL

 PROPOSAL TO SEEK A SERVICE PROVIDER FOR THE MINISTRY OF TOURISM- PROJECT A”

ނުވަތަ

“TO BE OPENED ONLY BY AUTHORIZED PERSONNEL

 PROPOSAL TO SEEK A SERVICE PROVIDER FOR THE MINISTRY OF TOURISM- PROJECT B”

އަދި ޕްރޮޕޯޒަލް ހުށަހެޅޭއިރުގައި ތިރީގައި ބަޔާންކުރެވިފައިވާގޮތަށް މިނިސްޓްރީ އޮފް ޓޫރިޒަމަށް އެޑްރެސްކުރެވެން ވާނެއެވެ.

Ministry of Tourism

5th Floor Velaanaage

Male’, Republic of Maldives

Tel: +960 3323224, Fax: +960 3322512

މި އާރް. އެފް. ޕީ އާ ބެހޭގޮތުން އިތުރަށް މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާނަމަ، މި އިޢުލާން ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވޭ ދުވަހުން ފެށިގެން ސަރުކާރު ބަންދުނޫން 4 ދުވަހުގެ ތެރޭގައި ލިޔުމަކުން ތިރީގައި މިދަންނަވާ ފަރާތަށް ހުށަހަޅައިދެއްވުން އެދެމެވެ.

Mr. Ahmed Salih

Permanent Secretary

Ministry of Tourism

5th Floor Velaanaage

Male’, Republic of Maldives

Tel: + 960 3323224, Fax: + 960 3322512

Email: [email protected]

ޕްރޮޕޯޒަލް ހުށަހެޅޭނެ އެންމެފަހު ތާރީޚު:

ޕްރޮޕޯޒަލް ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ މި އިޢުލާން ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވޭ ދުވަހުން ފެށިގެން ސަރުކާރު ބަންދުނޫން 7 ދުވަހުގެ ތެރޭގައެވެ. އަދި މި ޕްރޮޕޯޒަލްތައް ބަލައިގަނެވޭނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ؛

ގަޑި: 08:30 – 14:00

ތަން: މިނިސްޓްރީ އޮފް ޓޫރިޒަމް، ވެލާނާގެ، 5 ވަނަ ފަންގިފިލާ، މާލެ، ދިވެހިރާއްޖެ.

ހުށަހެޅޭ ޕްރޮޕޯޒަލްތައް ހުޅުވުން:

ޕްރޮޕޯޒަލްތައް ހުޅުވޭނީ ޕްރޮޕޯޒަލް ހުށަހެޅުމުގެ ވަގުތު ހަމަވުމުންނެވެ.

ޑިސްކޮލިފިކޭޝަން:

ޕްރޮޕޯޒަލްގައި އެއްވެސް މައްސަލައެއް އުޅޭކަން ފާހަގަވެއްޖެނަމަ، ޕްރޮޕޯޒަލްތައް ޑިސްކޮލިފައި ކުރެވޭނެއެވެ.

ވިނިންގ ޕްރޮޕޯޒަލް:

އެންމެ ރަނގަޅު ޕްރޮޕޯޒަލްތަކެއް ހޮވޭނީ އިވެލުއޭޝަން ޕެނަލަކުންނެވެ. އަދި ހޮވުމުގައި އިވެލުއޭޝަން ކްރައިޓީރިއަށާއި އެހެނިހެން ކަންތައްތަކަށް ބެލެވޭނެއެވެ.

08 މާރިޗު 2016
ހޯދާ