ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓަށް ލޭބަރަކު ބޭނުންވެއްޖެ

މަޤާމް :ލޭބަރަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

މި ކުންފުނީގެ ނަންބަރު  60 އޭޑީއެމް/36/2016 އިޢުލާނަށް އެކަށީގެންވާ ވަރަށް ކެންޑިޑޭޓުން ލިބިފައިނުވާތީ، ތިރީގައި މިވާ މަޤާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

މަޤާމު: ލޭބަރ / ގރ. 1

އަދަދު: 1

މުސާރަ: -/3240ރ

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރު)

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް

 އެހެނިހެން ޢިނާޔަތްތައް:

  • އިތުރު އެލަވަންސް: -/1500ރ އާއި -/2100ރ އާ ދެމެދުގެ އަދަދެއް ލިބޭނެ.
  • ޕްރޮބޭޝަނަށް ފަހު ސްޓާފް އިންޝުއަރެންސްގައި ބައިވެރިކުރެވޭނެ.
  • އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑަންސް އެލަވަންސް ލިބޭނެ.

 މަޤާމުގެ މަސްއޫލިއްޔަތު:

  • ފިހާރައިގެ ފާޚާނާތައް ދޮވެ ސާފުކުރުން.
  • ފިހާރައިގެ އެތެރެއާއި ބޭރު ސާފުކުރުމާއި، އަދި ބިއްލޫރިތައް ސާފުކުރުން.
  • ޑެލިވަރީ ކުރުމުގައި އެހީތެރިވުން.
  • ފިހާރައިގެ އެހެން މުވައްޒަފުންނަށް އެހީތެރިވުން.

 ތަޢުލީމާއި ތަޖުރިބާ:

  • އަސާސީ ތަޢުލީމީ ފެންވަރު ހުރުން ނުވަތަ ދިވެހި އަދި އިނގިރޭސި ބަސް ލިޔަންކިޔަން އެނގުން.
  • މަޤާމާގުޅޭ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއި، އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

ސުންގަޑި:

- މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2016 ފެބުރުވަރީ 28 ވާ އާދީއްތަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

- އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓު:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

މި މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާއާއި، އިންޓަރވިއުއަށް ބަލައިި އެންމެ މަތިން މާކުސް ލިބޭ ފަރާތެކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑުރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ، ހެޑު އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344264 ވެބްސައިޓް: www.sto.mv އީމެއިލް: [email protected]

9 ޖުމާދަލްއޫލާ 1437

 

18 ފެބުރުވަރީ 2016
ހޯދާ