ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީ. އީ. ސީ ކޯޑިނޭޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ރަށުގައި ޤާއިމްކޮށްފައިވާ ކޮމިއުނިޓީ އީ- ސެންޓަރ (ސީ.އީ.ސީ) ގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، އައި. ސީ. ޓީ. އަށް އަހުލުވެރިކުރުވުމުގެ ތަމްރީން ޕްރޮގްރާމްތަކާއި ޚިދުމަތްތައް ކޯޑިނޭޓްކޮށް ހިންގައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވަޒީފާގެ މުއްދަތު:

ވަޒީފާ ހަމަޖެހޭ ދުވަހުން ފެށިގެން 2016 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ ނިޔަލަށް.

ސީ. އީ. ސީ. ކޯޑިނޭޓަރަށް އެލަވަންސް ދޫކުރާނެ އުޞޫލު:

(ހ) ކޮމިއުނިޓީ އީ- ސެންޓަރުގެ ކޯޑިނޭޓަރަށް ދިނުމަށް ކަނޑައަޅާ މުސާރައަކީ މަހަކު -/5500 ރުފިޔާ (ފަސްހާސް ފަސްސަތޭކަ ރުފިޔާ)

(ށ) -/5500 ރުފިޔާ (ފަސްހާސް ފަސްސަތޭކަ ރުފިޔާ) ދިނުމަށް ހަމަޖެހިފައިވަނީ އަންނަނިވިގޮތުގެ މަތިންނެވެ.

  • މަހަކު 2 ތަމްރީން ޕްރޮގްރާމް ހިންގާފައިވާނަމަ: -/2000 (ދެހާސް) ރުފިޔާ (ކޮންމެ ތަމްރީން ޕްރޮގްރާމަކަށް -/1000 ރުފިޔާ (އެއްހާސް ރުފިޔާ)
  • މަހަކު 20 ދުވަހު އީ- ސެންޓަރ ހުޅުވައިގެން ޚިދުމަތްދީފައިވާނަމަ: -/3500 ރުފިޔާ (ތިންހާސް ފަސްސަތޭކަ ރުފިޔާ) (މަދުވާ ކޮންމެ ދުވަހަކަށް -/175 ރުފިޔާ އުނިކުރެވޭނެއެވެ.)

ސީ. އީ. ސީ. ކޯޑިނޭޓަރުގެ ކިބައިގައި ހުންނަންވާ ޝަރުޠު:

 (ހ) އައި. ސީ. ޓީ. އާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

(ށ) ސާނަވީ  އިމްތިޙާނަކުން  2  މާއްދާއިން  ދަށްވެގެން  "ޑީ"  ގްރޭޑް  ލިބިފައިވުމާއެކު އައި. ސީ. ޓީ.  ނުވަތަ  އައި. ސީ. ޓީ އާ  ގުޅުންހުރި  ދާއިރާއެއްގައި  2  އަހަރުދުވަހުގެ  މަސައްކަތު  ތަޖުރިބާ  ލިބިފައިވުން.

(ނ) ކޮމްޕިއުޓަރާއި އިންޓަރނެޓް މުޅިން އަލަށް ބޭނުންކުރަން ފަށައިގަންނަ މީހުންނަށާއި، ކޮމްޕިއުޓަރާއި އިންޓަނެޓް ބޭނުންކުރުމުގެ ހުނަރު އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާ ފަރާތްތަކަށް ކިޔަވައިދިނުމުގެ ހުނަރު ލިބިފައިވުން.

ސީ. އީ. ސީ. ކޯޑިނޭޓަރުގެ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ މިންގަނޑު:

(ހ) ތަޢުލީމީ ފެންވަރު %30

(ށ) މަސައްކަތުގެ ތަޖުރިބާ %25

(ނ) މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް %45

ސުންގަޑި:

މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، 2016 ފެބުރުވަރީ 24 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން މި އިދާރާއަށް ލިޔުމަކުން އެންގުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީއާއެކު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހަޅަންވާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި"ސީ. އީ. ސީ. ކޯޑިނޭޓަރުގެ މަޤާމަށް އެދި" މިގޮތަށް ލިޔަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6500035 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6500035 އެވެ. އީމެއިލް ކުރާނީ، [email protected] އަށެވެ.

2 ޖުމާދަލްއޫލާ 1437

11 ފެބުރުވަރީ 2016
ހޯދާ