ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

ތުރާކުނު ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 24 ޖަނަވަރީ 2016 ގައި މިއިދާރާއިން ކުރި ނަންބަރު: IUL)244-CAA/244/2016/2) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާޠިލުކޮށް، އަލުން މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ފެބުރުވަރީ 24 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ފެބުރުވަރީ 29 ވާ ހޯމަ ދުވަހުގެ މެންދުރުފަހުގެ 13:30 އަށް މިއިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމަށް އެދި" މިގޮތަށް ލިޔުއްވަންވާނެއެވެ.

އަންދާސީހިސާބުތައް ކެނޑުން އޮންނާނީ 2016 ފެބުރުވަރީ 29 ވާ ހޯމަ ދުވަހުގެ މެންދުރުފަހުގެ 13:30 ގައި މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީގެ ބައްދަލުވުމުގައި، އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ފޮނުވާމީހާގެ އައިޑީ.ކާޑުގެ އަސްލާއެކު ސިޓީ ހުށަހަޅަންވާނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

01 ޖުމާދަލްއޫލާ 1437

10 ފެބުރުވަރީ 2016
ހޯދާ