ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ސްޓޭޝަނަރީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުންޏަށް 2016 ވަނަ އަހަރަށް ބޭނުންވާ ''ސްޓޭޝަނަރީ'' ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް ތަކެތި ސަޕްލައިކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ފެބުރުވަރީ 11 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ޕީ.އެސް.އެމް.ގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ފެބުރުވަރީ 17 ވާ ބުދަ ދުވަހުގެ 13:00 އަށް ޕީ.އެސް.އެމް.ގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއްނުގަނެވޭނެއެވެ.

20 ރަބީޢުލްއާޚިރު 1437 

04 ފެބުރުވަރީ 2016
ހޯދާ