ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. ފޮނަދޫން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ

އިޢުލާން

ލ. ފޮނަދޫން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ

ލ. ފޮނަދޫގެ ތިރީގައި މިދަންނަވާ ސަރަޙައްދުތަކުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބުރުގައި ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކާއި އަދަދު ތިރީގައި މިވަނީއެވެ.

#

ސަރަޙައްދުތައް

ގޯތީގެ ބޮޑުމިން

ގޯތީގެއަދަދު

1

ފޮނަދޫ ބަރާސިލް ސަރަހައްދު

3000އަކަފޫޓް

24

2

ފޮނަދޫ މެދުއަވަށު ސަރަހައްދު

3000އަކަފޫޓް

36

3

ފޮނަދޫ ކުރިގަމު ސަރަހައްދު

3000އަކަފޫޓް

20

ޖުމުލަ

80

ގޯތި ދޫކުރެވޭނީ ދިވެހިރާއްޖޭގެ ބިމާ ބެހޭ ޤާނޫނާއި ގަވާއިދުތަކުގައިވާ ގޮތުގެމަތިން ޕޮއިންޓް ދިނުމަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށެވެ. ޕޮއިންޓް ދިނުމަށް ކަނޑައެޅިފައިވާ އުސޫލު ކައުންސިލުގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ދިރިއުޅުމަށްޓަކައި އަލަށް ގޯއްޗަށް އެދޭ މީހުންގެ ޝަރުޠުތައް

  1. ދިވެހިރައްޔިތެއް ކަމުގައިވުން.
  2. އުމުރުން 21 އަހަރު ވެފައިވުން.
  3. ބަންޑާރަގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައި ނެތުން.
  4. އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިފައިވާ އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ލިބިފައި ނެތުން، ނުވަތަ ލިބިފައިވާ މިފަދަ ބައެއް ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ދޫކޮށްލުން
  5. ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީކުރެވިފައި ނެތުން، އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 02 އަހަރުދުވަހަށް ވުރެ ގިނަ ދުވަސްވެފައިވުން.
  6. އެއްމެދު އިމާރާތެއްގެ ފްލެޓެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 02 އަހަރު ދުވަހަށްވުރެ ގިނަދުވަސް ވެފައިވުން.

މީގެ އިތުރުން މިރަށުގެ ރައްވެހިންގެ އަނބި/ފިރިމީހާއަށް ރާއްޖޭގެ އެހެން ރަށަކުން ގޯއްޗެއް ލިބިފައިވާނަމަ އެ ގޯތީގެ ބަދަލުގައި މި ރަށުން ގޯތި ހޯދުމަށް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މިފަދަ ފަރާތްތަކުން ގޯއްޗަށް އެދޭފޯމު ފުރިހަމަ ކުރެއްވުމަށްފަހު ހުށަހަޅުއްވާއިރު ލިބިފައިވާ ގޯތީގެ ރަޖިސްޓަރީ ހުށަހަޅަންވާނެއެވެ. އަދި މިފަދަ ފަރާތްތައް މި އިޢުލާނުގައިވާ ޝަރުޠުތަކުގެ 3 ވަނަ ޕޮއިންޓުން އިސްތިސްނާވާނެއެވެ.

ވީމާ، ގޯއްޗަށް އެދިލައްވާ ފަރާތްތަކުން ގޯއްޗަށް އެދޭފޯމު ފުރިހަމަކުރެއްވުމަށް ފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ 17 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުން ފެށިގެން 16 ފެބުރުވަރީ 2016 ވާ އަންގާރަ ދުވަހާއި ހަމައަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00 ން 12:00 އަށް މި އިދާރާއިންނެވެ. ފޯމު ހުށަހަޅުއްވާއިރު ފޯމުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހެޅުއްވުމަށް ސަމާލުކަން ދެއްވުން އެދެމެވެ.

04 ރަބީޢުލްއާޚިރު 1437

14 ޖަނަވަރީ 2016
ހޯދާ